ހޯރަފުށި ގިރާމައްސަލާގައިގެ ތުހުމަތު ހޯރަފުށި ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރު މުހައްމަދު އިސްމާއިލް، މިހާރު އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުގެ މައްޗަށް ކޮށްފިއެވެ.
ހޯރަފުށި ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރު، މިހާރު އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރު އަހުމަދު ސަލީމްގެ މައްޗަށް އެގޮތަށް އެމައްސަލާގައި ތުހުމަތު ކުރެއްވީ، މުހައްމަދު އިސްމާއިލް ކުރައްވާފައިވާ ޓުވީޓެއްގައެވެ.
ހޯރަފުށި ގޮނޑުދޮށް ގިރާ ސަރަހައްދުގެ ފޮޓޯތަކެއް ހިމަނުއްވައި، މުހައްމަދު އިސްމާއިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައުވަނީ " އަމިއްލަ އެދުން އިސްކުރުމުގެ ނަތީޖާ، އެމްޑީޕީއިން 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސްގެ ގޮނޑި ކާމިޔާބު ކުރުމަށް ޓަކައި، ރައީސް ޔާމީނުގެ ސަރުކާރުން ހއ. މާފިނޮޅުގައި އަމަލީ މަސައްކަތް ފަށާފައިވާ ހޯރަފުށި އެެއަރޕޯރޓް އީއައިއޭ ނަހަދާ ހޯރަފުށި ކައިރިއަށް ބަދަލުކުރުމުގެ ނަތީޖާ؟؟" މިހެންނެވެ.
Amihla edhun iss kurumun ge natheezaa MDP in 19 vana Raiyythun Majlis Hoarafushee dhaairaage gondin kaamiyaabu kurumahtaa RaeesYameen sarukaarun maafinolhu ga amalee masah kaiy fashaafa oiy Hoarafushee Airport EIA nahadhaa Hoarafushi kaari ah badhal kurumuge natheezaa ..?? pic.twitter.com/MvWMaVbmy8
— Mohamed Ismail (@Muhmed_Ismail) January 8, 2020
މުޙައްމަދު އިސްމާއިލް ތުހުމަތު ކުރައްވާފައިވާ ގޮތުގައި ހޯރަފުށީ އެއާޕޯޓް ޕްރޮޖެކްޓް ހިންގަނީ އީއައިއޭވެސް ނަހަދައި އަމިއްލަ އެދުމުގައި މަޖްލިސް އިންތިޚާބަށް ވޯޓު ހޯދުމަށް ފެށި މަސައްކަތެއްގެ ގޮތުގައެވެ.
އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން ވަނީ އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ހިއްކާފައެވެ. އެމްޓީސީސީ އެ މަސައްކަތް ކުރަމުންދާއިރު، މިހާރުވަނީ އެއަރޕޯރޓްގެ ފަޔަރ ބިލްޑިންގާއި، ޓާރމިނަލްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ޢިއުލާން ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!