ރާއްޖޭގައި އޮންލައިންކޮށް ވިއްކަމުންދާ މާމުއިގެ ބާވަތެއް އެތެރެކޮށް، ވިއްކައި ބޭނުންކުރުން މިއަދު މަނާކޮށްފިއެވެ.
މިކަން އަންގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައި ވަނީ ރާއްޖޭގެ މީސް މީޑިއާ ޕްލެޓް ފޯމްގައި އާއި އޮންލައިން ޕްލެޓް ފޯމްގައި ވިއްކަމުންދާ މާމުއިގެ ބާވަތެއްގައި ބޭހުގެ މާއްދާއެއް އެކުލެވިފައިވާކަން އެ އޮތޯރޮޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ މާމުއި ބާވަތަކީ BLACK HORSE އަދި ETUMA ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ. މި މާމުގައި ހުރިކަމަށް އެމްއެފްޑީއޭއަށް ފާހަގަކުރެވިފައިވާ ބޭހުގެ ބާވަތްތަކީ Tadalafil އަދި Sildenafil އެވެ. މިކަން ވާނީ 12 ސެޕްޓެމްބަރު 2022 ގައި އާންމުންގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.
މިފަދަ އުފެއްދުންތަކަކީ ޔޫއެސްއޭގެ އެފްޑީއޭއިން ވެސް ރައްކާތެރި ނޫންކަން ފާހަގަކޮށްފައިވާ އުފެއްދުންތަކެއްކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
#Alert pic.twitter.com/Jqi5CeEINS
— MFDA (@MFDA_mv) July 22, 2024
އެމްއެފްޑީއޭއިން ބުނެފައި ވަނީ ޑޮކްޓަރީ ބޭސް އަޅާފައި ހުންނަ މިފަދަ އުފެއްދުންތައް ބޭނުންކުރުމަކީ އިންސާނާގެ ސިއްހަތު ނުރައްކަލަށް ހުށަހެޅި އަދި ފުރާނަ އަށް ވެސް ނުރައްކާ ނުރައްކާވެދާނެ ކަމެއް ކަމަށެވެ.
''ވީމާ، މިފަދަ ތަކެތި ބޭނުންކުރުމުން ލިބިދާނެ ސިއްހީ ގެއްލުންތަކުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި މިދަ އުފެއްދުންތައް އިމްޕޯޓްކުރުމާއި، ބޭނުންކުރުމާއި އަދި ވިއްކުމަކީ މަނާކަމެއްކަމުގައި ދެންނެވީމެވެ.'' އެމްއެފްޑީއޭގެ މެސެޖުގައި ބުނެފަވެއެވެ.
މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7230021 އަށް ގުޅުމަށް އެ އިދާރާއިން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!