ކޮޕް އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކެނަޑާގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދައި، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ކޮޕަ އެމެރިކާ އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ އުރުގުއޭއާއި އާޖެންޓީނާއިންނެވެ. މި ކޮންމެ ޓީމަކުން މުބާރާތް ފަނަރަ ފަހަރު ވަނީ ކާމިޔާބު ކޮށްފައެވެ. ލިސްޓްގެ ތިންވަނާގައި އޮތް ބްރެޒިލް އަށް މި މުބާރާތުގެ ތަށި ހޯދިފައި ވަނީ އެންމެ ނުވަ ފަހަރުއެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ފަތިހު 05:00 ގައި އުރުގުއޭ ނުކުންނާނީ ކޮލަމްބިއާއާއި ދެކޮޅަށެވެ. އެމެޗު ކާމިޔާބުކޮށް އުރުގުއޭ ފައިނަލުން ޖާގަ ހޯދައިފިނަމަ މި އަހަރުގެ މުބާރާތް ކާމިޔާބުކުރާ ޓީމަކަށް ލިސްޓްގެ އެއްވަނަ ލިބޭނެއެވެ.
މިއަދު ފަތިހު ކެނަޑާއާއި އާޖެންޓީނާ ވާދަކުރި މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ފުރުސަތުތައް ލިބިފައެވެ. މެޗުގައި އާޖެންޓީނާގެ ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި ޖަހައިދިނީ ހޫލިއަން އަލްވަރޭޒްއެވެ. ދެވަނަ ލަނަޑު 51 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ކެނަޑާގެ ގޯލަށް ފޮނުވާލި ހަމަލާއަކުން ތަނަވަސްވީ ފުރުސަތުގައި ޖެހީ މެސީއެވެ. މި މިއަހަރު މުބާރާތުގައި މެސީ ޖެހި ފުރަތަމަ ލަނޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!