ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭނީންގެ މައްސަލަ ޙައްލުކުރުމަށްް ސަރުކާރުކާރުން ހިންގަމުންދާ ''އޮޕަރޭޝަން ކުރަނގި'' މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން މި މަސައްކަތަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގުރާމެއް ފަށަން ސަރުކާރުން ތައްޔާރުވެއްޖެއެވެ.

މިގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރުގެ ނައިބު އަޝްރަފް މުޙައްމަދު ޢަލީ ވަނީ މިކަން ހާމަކުރަށްވާފައެވެ.

Ad
rt

އަޝްރަފް ވިދާޅުވިގޮތުގައި މި ތަމްރީނު ކުރުމުގެ ޕްރޮގްރާމް މި މަހުގެ 18 އިން 20 އަށް ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމާފައެވެ.

އެއަށް ފަހު ބައޯމެޓްރިކްސް ޑާޓާ ނެގުމަށް ބޭނުންވާ ވަސީލަތްތައް ކައުންސިލްތަކަށް ފޯރުކޮށްދީ, ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ކައުންސިލާއި ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް އަޝްރަފް ވަނީ ފާހަގަކުރަށްވާފައެވެ.

ޕައިލެޓް ޕްރޮގުރާމުގެ ތަޖުރިބާއަށް ބަލާއިރު, ވަކި ވަކި ރަށްރަށުގައި މިކަން ކުރާނަމަ ބިދޭސީން މިނިޒާމުގެ ތެރެއަށް ނުވަދެ އެހެން ރަށްތަކަށް ދިޔުމުގެ ފުރުސަތު ބޮޑުކަން އަޝްރަފްގެ ވާހަކާގައި ރޭ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެއްފަހަރާ ހުރިހާ ރަށެއްގައި މަސައްކަތް ފެށުމުން މިނިޒާމަށް ނުވަދެ ތިބި ބިދޭސީން ނުތިބޭނެކަމަށާއި، ފުލުހުންނާއި ކައުންސިލްތައް މިކަމުގައި ބައިވެރިކުރުވުމުން ކުދި އާބާދީތަކުގައި މިމައްސަލަ އަވަހަށް ޙައްލުވާނެކަމަށް އަޝްރަފް ވިދާޅުވިއެވެ.

ދާޚިލީ ވުޒާރާއިން ވަނީ ކ. މާފުށި އަދި ކ. ހިންމަފުށި ގައި އޮޕަރޭޝަން ކުރަނގިގެ ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ. މި ދެރަށުގައި ހިންގި އޮޕަރޭޝަންގައި ހިންމަފުށީގައި ދިރިއުޅޭ 705 ބިދޭސީންގެ މައުލޫމާތާއި މާފުށީގައި ދިރިއުޅޭ 1076 ބިދޭސީންގެ މައުލޫމާތު އެއްކޮށްފަވެއެވެ.

މަރުހަލާތަކަކަށް ބަހާލައިގެން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމުގެ މަގުސަދުގައި ސަރުކާރުން ފަށާފައިވާ މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް ވެސް ވަނީ ނިންމާފައެވެ.