ހދ.ހަނިމާދޫ ކައުންސިލްގެ "ޖަވާހިރުލް ޤުރުއާން މުބާރާތް 1445" ގެ އެއްވަނަ އައްޔޫބް އަބްދުﷲ ރަޝީދުއާއި ޝަބާ އަބްދުﷲ ރަޝީދު ހޯދައިފިއެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ހޮނިހިރު ދުވަހުގެ ރޭ ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައި ބާއްވާފައިވާއިރު، ނުބަލާ ކިޔުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހޯދީ އައްޔޫބް އަބްދުﷲ ރަޝީދުއެވެ. ބަލައިގެން ކިޔުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހޯދީ ޝަބާ އަބްދުﷲ ރަޝީދުއެވެ. މިއީ އެއްބަނޑު އެއްބަފާ ދެ ބެންނެވެ. މި ކޮންމެ ވަނައަކަށް ހަނިމާދޫ ކައުންސިލުން ވަނީ 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.
މުބާރާތުގެ ވަނަތަކަށް ހޮވުނު ދަރިވަރުން
ކީ ސްޓޭޖް 1
2 ވަނަ، މާކިން ބިން މުޙައްމަދު އަޝްރަފު/ ސިޑްނީ
ކީ ސްޓޭޖް 2
1ވަނަ، އާމިނަތު އަންޖަލް ޙުސައިން/ ގަހާ
2 ވަނަ، މުޙައްމަދު އަލްތާފް ބިން އަޙްމަދު/ ދޭދަރުގެ
3 ވަނަ، އަނަސް ބިން އާދަމް ޛަބީޙް/ ހައިވަކަރުގެ
ކީ ސްޓޭޖް 2 ނުބަލާކިޔެވުން
1 ވަނަ އައްޔޫބް ޢަބްދުﷲ/ ކޮރަލް
ކީ ސްޓޭޖް 3
1 ވަނަ، ޝަބާ ޢަބްދުﷲ ރަޝީދު/ ކޮރަލ
2 ވަނަ، އާޔާ ޢަލީ/ މިއުރެކްސް
3 ވަނަ، މަސީހް ބިން މުޙައްމަދު އަޝްރަފް/ ސިޑްނީ
ކީ ސްޓޭޖް 4
1 ވަނަ، ޝާޔާ އަޙްމަދު ރަޢޫފް/ ވިއު
2 ވަނަ، އާމިނަތު ނަޒާތު ޝާހިދު/ ކޮމެޓް
3 ވަނަ، ސަރާ މުޙައްމަދު ރާޒީ/ ހީރާ
ކީ ސްޓޭޖް 5
1 ވަނަ، މަރިޔަމް އިބާ/ އެގަކުރި
2 ވަނަ، ހިދާޔާ މުޙައްމަދު/ އުޑުވިލާ
3 ވަނަ، ޒަހާ ޖަޢުފަރު/ ނާސާ
ބަލައިގެން ކިޔުމުގެ ގޮފިން މުޅި މުބާރާތުން
1 ވަނަ، ޝަބާ އަބްދުﷲ ރަޝީދު/ ކޮރަލް
2 ވަނަ، އައިމިނަތު އަންޖަލް ހުސެއިން / ގަހާ
3 ވަނަ ،އާޔާ އަލީ / މިއުރެކްސް
ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން
1 ވަނަ، އައްޔޫބް އަބްދުﷲ/ ކޮރަލް
މި މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނުގެ ދަށުން ބިޑު ހުށަހަޅައިގެން އެ ފުރުސަތު ހޯދައި، މުބާރާތް ހިންގުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ހަނިމާދޫގައި ހިންގަމުން އަންނަ ޤުރުއާން ކުލާހެއްކަމަށްވާ ދާލަ ޤުރުއާން ކުލާހުންނެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގައި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމާއި، ޤުރުއާނަށް ދަރިވަރުންގެ ހިތުގައި ލޯބިޖެއްސުމުގެ އިތުރުން ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!