ކައުންސިލް ތަކުން އަންހެނުންނަށް ވަކި އަދަދަކަށް ގޮނޑި ކަނޑައެޅުމާމެދު ރައްޔިތުންގެ މަޖިލިސްގެ ކެލާ ދާއިރާގެ މެމްބަރު އިބްރާޙީމް ޝަރީފް (ކެލާ އިބުރޭ) ޚިޔާލެއް ފާޅު ކުރައްވައިފިއެވެ.
މެމްބަރު އިބްރާޙީމް ޝަރީފް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ " ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށް އަންހެނުންނަށް ގޮނޑި ކަނޑައެޅުން އަދި އަންހެނުންގެ ކޮމެޓީ އިންތިޚާބުކުރުން، މިކަންކަމުން ޤައުމީ އާބާދީ އިތުރުވުމަށް ހުރަހަކަށް ނުވާނެ ބާވައެވެ؟ "
Miee alhuganduge amihla hiyaaleh!!!! , Rashu council, city council thakah anheynun godi kamda elhun, adhi anhenun commitee inthihaab kurun, mikan kamun gaumuge aabaadhee ithuru vumah hurahakah nunaane baavaey,
— Ibrahim Shareef (kelaa dhaaira MP) (@kelaaibrey) January 6, 2020
މެމްބަރު ޝަރީފް މިމޭރުމުން ޓުވީޓު ކުރެއްވީ އެމަނިކުފާނުގެ އަމިއްލަ ވިސްނުންފުޅާއި، ޚިޔާލު ފާޅު ކުރުމަށްކަމަށާއި، އެއީ އެމަނިކުފާނު ނިސްބަތްވާ ޕާޓީ އެމްޑީޕީއާއި ސަރުކާރުގެ ވިސްނުން ނޫންކަމަށް ޝަރީފް ވިދާޅުވެފައި ވެއެވެ.
ޝަރީފް ކުރެއްވި ޓުވީޓަށް އަމާޒުވި ރައްދުތައް ދިފާއު ކުރައްވައި މިއަދު އެމަނިކުފާނުވަނީ އިތުރު ޓުވީޓެއް ކުރައްވާފައެވެ. އެމަނިކުފާނު މިއަދުގެ ޓުވީޓުގައި ވަނީ ޔޫރަޕިއަން ޔޫނިއަންގެ މަޝްހޫރު ސިޔާސީ އަނެހެން ބެފުޅުންގެ ތެރެއިން ގިނަ ބޭފުޅުންނަށް ކުދިން ނުލިބޭކަމަށް އިޝާރާތްކޮށް ލިޔެފައިވާ އާޓިކަލެއް ހިއްސާ ކުރައްވާފައެވެ.
https://t.co/FAryhqep5X iyye twit kohfaivaa alhuganduge hiyaal akee, mifadha baeh article thah fenifai kuri twiteh, miee rajjeyge dhimavedhaane goiy kamah nuvunves e ee ekasheegen vaakameh, hama hiyaaleh e ee
— Ibrahim Shareef (kelaa dhaaira MP) (@kelaaibrey) January 7, 2020
ދިވެހިރާއްޖޭގައި އަންހެން ކަނބަލުންނަކީ ތޫނުފިލި ޤާބިލު ބައެއްކަން އެކަނބަލުން ގެންދަވަމީ ސާބިތު ކޮށްދެއްވަމުންނެވެ. ސިޔާސި ގޮތުން ފުރުޞަތު ލިބިލައްވާފައިވާ ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރައްވާ ކަނބަލުންނަށް ބެލިނަމަވެސް، ދައުލަތުގެ ބައެއް އަންހެން ވަޒީރުންނާއި އެނޫންވެސް ސިޔާސީ މަޤާމްތަކުގައި އަންހެން ކަނބަލުން ގެންދަވަނީ ތަފާތު ދައްކަވަމުންނެވެ.
ތައުލީމީ އަދި ފަންނީ ދާއިރާގައި އަންހެނުން މިޤައުމުގައި އަދާކުރައްވާ ދައުރު ވަރަށް ބޮޑެވެ. ކޮންމެ އަހަރަކު ކޮލެޖްތަކާއި، ޔުނިވަރސިޓީތަކާއި އެދުރުގޭތަކުން އެންމެ ރަނގަޅު ނަތީޖާއާއިއެކު އެންމެ ގިނައިން ދަސްވެނިމެނީ އަންހެން ކަނބަލުންނެވެ.
Alhugandu iyyege twitun rajjeyge ehves anhen beyfulhakah bura baheh rahdhuvaanama ekamaa dheravaan, sun online gai genesdheefai vanee liunu beyfulhaage kiyaalu, anhen beyfulhun baaru veri vegen noonee fasmeeu mujuthamueh nulibeyne kamee ehves beyfulhaku sahku kuraane kamen noon,
— Ibrahim Shareef (kelaa dhaaira MP) (@kelaaibrey) January 7, 2020
ޝަރީފު އިތުރަށް ކުރައްވާފައިވާ ޓުވީޓެއްގައިވަނީ އެމަނިކުފާނުގެ އިއްޔެގެ ޓުވީޓުން ދިވެހި ރާއްޖޭގެ އެއްވެސް އަންހެން ކަނބަލަކަށް ބުރަބަހެއް ރައްދުވާނަމަ އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަންހެން ބެފުޅުން ބާރުވެރިވެގެން މެނުވީ ފަސްމީރު މުޖުތަމައެއް ނުލިބޭނެކަމީ އެއްވެސް ބޭފުޅަކު ޝައްކުކުރާނެ ކަމެއްނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!