ހޯރަފުށީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ހޯރަފުށީ ކައުންސިލްގެ އިދާރާގެ އައު ޢިމާރާތް ފަރުމާކޮށް ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) ހަދައިދޭނެ ފަރާތެއް ހޯދުމަށް ޢިއުލާންކޮށްފިއެވެ.

މިކަމަށް ފުރުޞަތު ފުރަތަމަ ހުޅުވާލާފައި ވަނީ ހުސްވި ޑިސެމްބަރު 22 ވަނަ ދުވަހުއެވެ. އެދުވަހު ފުރުޞަތު ހުޅުވާލި ޓައިމް ލައިން ބަދަލުކޮށް މިއަދު އެކައުންސިލުން ކުރި ޢިއުލާނެއްގައި ބުނެފައިވަނީ 22 ޑިސެމްބަރ 2019 ގެ އިޢުލާނުގައިވާ މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ދުވަހާއި ވަގުތަށް ބަދަލު ގެނެވިފައި ވާކަމަށެވެ.

Ad
rt

މިހާރު ހުޅުވާލާފައިވާ ފުރުޞަތުގައި ވާގޮތުން މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމު ދޫކުރުން އޮންނާނީ އެރަށުގެ އޯކިޑުވިލާ ކޮންފަރެންސް ހޯލްގައި 7 ޖެނުއަރީ 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 1130 ގައެވެ.

އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިއަކީ 15 ޖެނުއަރީ ވާ ބުދަ ދުވަހުގެ ހެނދުނު 1130 އެވެ. އަންދާސި ހިސާބު ބަލައިގަތުންވެސް އޮންނާނީ އެރަށުގެ އޯކިޑު ވިލާގައެވެ.