ހުޅުމާލެއިން ދިރިއުޅުމުގެ ބޭނުމަށް ބީލަމުގެ އުސޫލުން ހަމައެކަނި ދިވެހިންނަށް ބިން ވިއްކުމަށް ހުޅުވާލައިފިއެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ސައިޑުން ކަމަށެވެ. އެގޮތުން 1864 އަކަފޫޓާއި 2408 އަކަފޫޓާ ދެމެދުގެ 13 ބިމެއް ވިއްކަން ވަނީ ނިންމާފައެވެ.
މި ބިންތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިވެހި ވަކި މީހުންގެ އިތުރުން 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ވެސް މި ބިންތައް ގަންނަން އެދި ހުށަހެޅޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ބިން ވިއްކުން ކުރިއަށްދާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ މަރުހަލާހަގައި އެކްސްޕްރެޝަން އޮފް އިންޓަރެޓްސް (އީއައިއޯ) ހުށަހަޅާއިރު ދެވަނަ މަރުހަލާގައި ބިންތަކަށް ބިޑުކުރުން ކުރިއަށްދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ދިރިއުޅުމުގެ ބޭނުމަށް ހަމައެކަނި ދިވެހިންނަށް ވިއްކާ ބިންތަކުގެ ބީލަން ފެށޭނީ އަކަފޫޓަކަށް 4000 ރުފިޔާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!