ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ "ބިލެއްކަމަނަ" އެވޯޑް މި އަހަރު ވެސް ހަ ފަރާތަކަށް އަރުވައިފިއެވެ.

މި އެވޯޑަކީ ކޮންމެ އަހަރެއްގެ އަންހެނުންގެ ދުވަހާއި ގުޅުވައިގެން އެކި ދާއިރާތަކުން އެ ރަށުގެ ކަނބަލުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، އެ ކަނބަލުންގެ މަސައްކަތުގެ މާހައުލުގައި ބާރުވެރިކުރުވުމުގެ ގޮތުން ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުންދޭ ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް މިދިޔަ އަހަރު ވެސް ހަ ބޭފުޅަކަށް ވަނީ އަރުވާފައެވެ.

Ad
rt

މިދިޔަ ހުކުރު ދުވަހުގެ ރޭ ނޮޅިވަރަންފަރު ސްކޫލުގައި ބޭއްވި މި އެވޯޑް ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ އަފީފުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ސަޒްނާ އިބްރާހީމެވެ.

މި އަހަރު އެވޯޑް ހާސިލް ކޮށްފައިވާ ހަ ބޭފުޅުން

ނަފީސާ ޢަބްދުﷲ /ނިޝާން / ހދ ނޮޅިވަރަންފަރު ( ސިއްހީ ދާއިރާ)

ނަފީސާ ހަސަން ހުސައިން /ޝާހިލް / ހދ. ނޮޅިވަރަންފަރު (އެޑްމިން ދާއިރާ)

މަރްޔަމް ރަޝީދާ / ޕާކީޒާ / ހދ. ނޮޅިވަރަންފަރު/ (ދަނޑުވެރިކަމުގެ ދާއިރާ)

ސާރާ ޔޫސުފް / ސޭންޑީ ބީޗް / ހދ. ނޮޅިވަރަންފަރު (އެޑްމިން ދާއިރާ)

އާމިނަތު މޫސާ / ފީރޯޒް ވިލާ / ހދ. ނޮޅިވަރަންފަރު (ސިއްޚީ ދާއިރާ)

ޝަހީމާ ޢަލީ / ނިޝާން / ހދ. ނޮޅިވަރަންފަރު (ސިއްހީ ދާއިރާ)

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މާރޗު މަހުގެ 8 ވަނަ ދުވަހެވެ.