ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ އަސްރިފާހައުސް، މަރްޔަމް ނާޔާ އަޙްމަދަކީ ކުޑައިރުއްސުރެ ޤުރުއާން އަޑުއަހައި، ޤުރުއާން ކިޔަވައި ހިތުދަސްކުރަން މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ.

ރަށުގައި ބޭއްވޭ އެހެން މުބާރާތްތަކާއި ހިލާފަށް މި މުބާރާތުގައި ތަފާތު ގޮތްތަކަށް ކިޔެވުމުގެ ފުރުސަތު ލިބުމާއި، ތަޖުވީދުގެ ހަމަތަކާއި ޤުރުއާނުގެ އިލްމުގެ އިތުރުން މި މުބާރާތުގެ ތެރެއިން ދީނީ އިލްމު ލިބިގެން ދިޔުމަކީ، މި މުބާރާތުގައި އޭނާ ވާދަކުރަން ބޭނުންވާ މައިގަނޑު ސަބަބުތަކެވެ.

Ad
rt

ނާޔާ ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ނާޔާ ޤުރުއާން މުބާރާތްތަކުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް

  • ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން 2015 ވަނަ އަހަރު ރަމަޟާންމަހު ބޭއްވި ޤުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ، 2016 ވަނަ އަހަރު ބޭއްވި މުބާރާތުގެ ނުބަލައި ކިޔެވުމުގެ ބައިން 3 ވަނަ، 2017 ވަނަ އަހަރު ބޭއްވި މުބާރާތުގެ ނުބަލައި ކިޔެވުމުގެ ބައިން 2 ވަނަ، 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ނުބަލައި ކިޔެވުމުގެ ބައިން އުމުރުފުރާއިން 1 ވަނަ، ޖޫނިޔާ ބައިން 2 ވަނަ، ގޮފިން 2 ވަނަ އަދި މުޅި މުބާރާތުން 2 ވަނަ، 2022 ވަނަ އަހަރު ބޭއްވި މުބާރާތުގެ ނުބަލައި ކިޔެވުމުގެ ބައިން އުމުރުފުރާއިން 1 ވަނަ، ގޮފިން 1 ވަނަ އަދި މުޅި މުބާރާތުން 1 ވަނަ.
  • ހއ.އަތޮޅު ތަޢުލީމީ މަރުކަޒުން 2017 ވަނަ އަހަރު އިސްލާމް ކުލަބުން ބޭއްވި ޤުރުއާން މުބާރާތުން ނުބަލައި ކިޔެވުމުގެ ބައިން އުމުރުފުރާއިން 3 ވަނަ،
  • 2022 ވަނަ އަހަރު ބޭއްވި ނޫރު ޤުރުއާން މުބާރާތުން ނުބަލައި ކިޔެވުމުގެ ބައިން އުމުރުފުރާއިން 1 ވަނަ އަދި މުޅި މުބާރާތުން 1 ވަނަ. 2023 ވަނަ އަހަރު ބޭއްވި ނޫރު ޤުރުއާން މުބާރާތުން ކީ ސްޓޭޖު 2 ގެ ބައިން ނުބަލައި ކިޔެވުމުން 1 ވަނަ، ގޮފިން 1 ވަނަ އަދި މުޅި މުބާރާތުން 1 ވަނަ.
  • ދިއްދޫ އެކުވެރިކަމުގެ ޗޭނު ޖަމުޢިއްޔާގެ ފަރާތުން 2020 ވަނަ އަހަރު ބޭއްވުނު މުބާރާތުން ނުބަލައި ކިޔެވުމުން އުމުރުފުރައިން 1 ވަނަ. 2022 ވަނަ އަހަރު ބޭއްވުނު މުބާރާތުން ނުބަލައި ކިޔެވުމުން އުމުރުފުރައިން 2 ވަނަ.
  • ހއ.ދިއްދޫ އުދަރެސް އަލްމަރްޙުމާ ޚަދީޖާ މުޙައްމަދާއި އަލްމަރްޙޫމް އިސްމާޢީލް މުޙައްމަދުގެ ހަދާނުގައި 2022 ވަނަ އަހަރު ބޭއްވުނު ޤުރުއާން މުބާރާތުން ނުބަލައި ކިޔެވުމުގެ ބައިން 2 ވަނަ.
  • މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން 2021 ވަނަ އަހަރު ބޭއްވުނު ޤުރުއާން މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ އަދި މުޅި މުބާރާތުން 3 ވަނަ. 2022 ވަނަ އަހަރު ބޭއްވުނު ހއ.ދިއްދޫ އެންމެ އަލިގަދަ ތަރި މުބާރާތުން 5 ވަނަ އަދި 2023 ވަނަ އަހަރު ބޭއްވުނު ހއ.ދިއްދޫ އެންމެ އަލިގަދަ ތަރި މުބާރާތުން 9 ވަނަ .
  • 36 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ހއ.އަތޮޅުގެ ސްކޫލު މަދަރުސާތަކާއި ޖަމުޢިއްޔާތަށް ތަމްސީލުކުރާ ބައިވެރިން ހޮވުމަށް ހއ. މާރަންދޫގައި ބޭއްވުނު ތިލަ އުތުރު ރަން ތާޖު ޤުރުއާން މުބާރާތުން 3 ފޮތުގެ ބައިން ނުބަލާ ކިޔެވުމުން 2 ވަނަ އަދި މުޅި މުބާރާތުން އާންމުންގެ ބައިން ނުބަލައި ކިޔެވުމުގެ ގޮފިން 2 ވަނަ.

ލިބޭ ހުސްވަގުތު ތަކުގައި ސްކޫލުންދޭ ފިލާވަޅުތައް ހެދުމާއި ދަސްކުރުމުގެ އިތުރުން ޤުރުއާން ކިޔެވުމާއި އާއިލާއާއިއެކު އޭނާ ވަގުތު ހޭދަކުރެއެވެ. ޤުރުއާނުގެ އިލްމު އުނގެނުމުގައި މިހާތަނަށް އޭނާއަށް އެހީތެރިވެ ދީފައިވާ ފަރާތްތަކަށް ޝުކުރު އަދާކުރެއެވެ. އަދި މައިންބަފައިންނާއި އާއިލާގެ މެމްބަރުންގެ ފަރާތުންނާއި އެކުވެރިންގެ ފަރާތުންލިބޭ އެހީތެރިކަން އޭނާ ފާހަގަ ކުރެއެވެ.

މި މުބާރާތުގައި ނާޔާ ކުރިމަތިލާއިރު، މުބާރާތުގެ އެންމެ މޮޅު ފަސް ބައިވެރިންގެ ތެރޭގައި ހިމެނުމަކީ އޭނާގެ އަޒުމެކެވެ.