ކުޑައިރުއްސުރެ ކީރިތި ޤުރުއާން ކިޔަވައި ޤުރުއާން އަޑުއެހުމަށް ޝައުގުވެރިކަން އުފެދި، ޤުރުއާން ހިތުދަސްކުރަން ފެށި ހއ. ދިއްދޫ، އައިވީ ޢާއިޝަތު ނީޝާން އާދަމް ނާފިޒު އަކީ އެ އަތޮޅު ކެލާގައި ހުންނަ ޝައިޚް އިބްރާހީމް ސްކޫލްގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ.
ނީޝާންއަކީ އަބަދުވެސް ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމަށް ވަރަށް ލޯބިކުރަމުން އަންނަ ކުއްޖެކެވެ. މުބާރާތުގެ އެއްވަނައަށް އަޒުމްކޮށް މި މުބާރާތުގައި ބައިވެރިވާން އޭނާ ނިންމި އެންމެ ބޮޑު ސަބަބަކީ ވެސް ޤުރުއާން ކިޔަވައި، އަދި ޤުރުއާން މުބާރާތްތަކުގައި ވާދަކުރުމަށް ހިތުގައި އޮންނަ ލޯތްބާއި ޝައުގުވެރިކަމެވެ.
އުމުރުން ވަރަށް ހަގުއިރުއްސުރެ މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ނީޝާން ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.
ނީޝާން
ނީޝާން ޤުރުއާންމުބާރާތްތަކުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް
- ކެލާ ކައުންސިލް ޤުރުއާން މުބާރާތް 2016 / 07 އަހަރުން ދަށުގެ އުމުރުފުރާއިން ނުބަލައި ކިޔެވުމުގެ ގޮފިން 3 ވަނަ.
- ކެލާ ސްކޫލް ޤުރުއާން މުބާރާތް 2016 / 07 އަހަރުން ދަށުގެ އުމުރުފުރާއިން ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ.
- ކެލާ ސްކޫލް މަދަޙަ މުބާރާތް 2017 / ކީސްޓޭޖް 1 ގެ ބައިން 1 ވަނަ، ޖޫނިއަރ ގުރޫޕުން 1 ވަނަ.
- ކެލާ ސްކޫލް ޤުރުއާން މުބާރާތް 2018- 2 ފޮތުގެ ބައިން 2 ވަނަ.
- ކެލާ ސްކޫލް މަދަޙަ މުބާރާތް 2018 / ކީސްޓޭޖް 1 ގެ ބައިން 1 ވަނަ.
- ކެލާ ސްކޫލް ޤުރުއާން މުބާރާތް 2019 / ވިދިވިދިގެން 2 ފޮތުގެ ބައިން 2 ވަނަ، މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން 3 ވަނަ، މުޅި މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން އެންމެ މޮޅު 5 ދަރިވަރުންގެ ތެރޭގައި ހިމެނުން.
- ކެލާ ސްކޫލް މަދަޙަ މުބާރާތް 2019 / ޖޫނިއަރ ގުރޫޕުން 2 ވަނަ، ކީސްޓޭޖް 2 ގެ ބައިން 2 ވަނަ، މުޅި މުބާރާތުން 3 ވަނަ.
- އަލިމަސް ޔޫބީލް ސްކޫލް ޤުރުއާން މުބާރާތް 2020 / ކީސްޓޭޖް 2 ގެ ބައިން 3 ވަނަ.
- ކެލާ ސްކޫލް ޤުރުއާން މުބާރާތް 1443 / 12 އަހަރުން ދަށުގެ އުމުރުފުރާއިން ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ، މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން 3 ވަނަ.
- ހއ. އަތޮޅު ޤުރުއާން މުބާރާތް 2021 / ބަލައިގެން ކިޔެވުމުގެ ގޮފިން 10 ފޮތުގެ ބައިން 1 ވަނަ.
- ހއ. އަތޮޅު ޤުރުއާން މުބާރާތް 2022 / މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ، ކީސްޓޭޖް 3 ގެ ބައިން 1 ވަނަ، މުޅި މުބާރާތުގެ ދެގޮފި އެއްކޮށް 3 ވަނަ.
- އަސްކޮއި ޙައްޖު ވަލް ޢުމްރާ އިހަވަންދިއްޕޮޅު ރަސްތަރި ޤުރުއާން މުބާރާތް 2022 / މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ، 15 އަހަރުން ދަށުގެ އުމުރުފުރާއިން ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ، މުބާރާތުގެ ގަދަ 10 ބައިވެރިންގެ ތެރޭގައި ހިމެނިފައިވުން، މުބާރާތުގެ ގަދަ 5 ބައިވެރިންގެ ތެރޭގައި ހިމެނިފައިވުން، މުޅި މުބާރާތުން 2 ވަނަ.
- ކެލާ ސްކޫލް ޤުރުއާން މުބާރާތް 1444 / މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން އެންމެ މޮޅު 5 ދަރިވަރުންގެ ތެރޭގައި ހިމެނިފައިވުން، ކީސްޓޭޖް 3 ގެ އެންމެ މޮޅު 5 ދަރިވަރުންގެ ތެރޭގައި ހިމެނިފައިވުނ.
- ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތް 2023 / 3 ފޮތުގެ ބައިން 3 ވަނަ، މުޅި މުބާރާތުން ޢާންމުންގެ ބައިން ނުބަލައި ކިޔެވުމުގެ ގޮފިން 3 ވަނަ.
- ކެލާ ޔޫތު ފޯރަމްގެ 11 ވަނަ ޤުރުއާން މުބާރާތް 2023 / 5 ފޮތުގެ ބައިން 1 ވަނަ، މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން 2 ވަނަ
ނީޝާންއަކީ ލިބޭ ހުސް ވަގުތުތަކުގައި ފޮތް ކިޔުމަށް ލޯބިކުރާ ކުއްޖެކެވެ. ޤުރުއާން އުނގެނުމުގައި މައިންބަފައިންނާއި އާއިލާގެ ފަރާތުންނާއި މުދައްރިސުންގެ އިތުރުން އެކުވެރިންގެ ފަރާތުން ލިބޭ އެހީތެރިކަން އޭނާ ފާހަގަ ކުރަނީ ޝުކުރުވެރިކަމާއި އެކުގައެވެ.
މި މުބާރާތާއި ނީޝާން ކުރިމަތިލަނީ މުބާރާތުގެ ފަހުރުވެރި އެއްވަނަ ހޯދުމުގެ އަޒުމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!