ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިންތިހާބު ކުރާނީ ހަ ދާއިރާއަކަށް ހަ ސިޓީ ކައުންސިލަރުން ކަމަށާއި އެ އޭގެ ތެރެއިން ދެ ދާއިރާ އަންހެނުންނަށް ހާއްސަ ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ނިންމުމާއެކު ސިޓީ ކައުންސިލްގެ މޭޔަރުގެ އިތުރުން ހަ ދާއިރާއަކަށް ބަހާލައިގެން ކޮންމެ ދާއިރާއަކުން ސިޓީ ކައުންސިލަރަކު އިންތިޚާބު ކުރެވޭނެ ކަމަށެވެ.
ހަދާއިރާ ތެރެއިން ގުރުއަތު ނަގައިގެން ދެ ދާއިރާ އަންހެން މެންބަރުންނަށް ރިޒާވު ކުރެވޭނެ ކަމަށް އެ ޓްވީޓުގައި ޝަރީފް ވިދާޅުވެފައި ވެއެވެ.
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މިއަދު ވަނީ ލާމަރުކަޒީ ގާނޫނުގައި އޮންނަ އުސޫލުން ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް ނިންމެވިކަން މިއަދު އިއުލާން ކުރައްވާފައެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަސް ހަމަޖެހިފައިވަނީ، އަންނަ އެޕްރީލު މަހު ހަތަރު ވަނަ ދުވަހުއެވެ. މިހާރު ސިޔާސީ ބައެއް ޕާޓީތަކުން ވަނީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!