ތިލަދުންމަތީ އުތުރުބުރީ ވެރިކަންކުރާ ދިއްދޫގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އިތުރުވަމުން އަންނާތީ އެކަން ދެނެގަތުމަށް ހާއްސަ ހަރަކާތެއް ހިންގުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
އެ ކައުންސިލުން ބުނީ ބިދޭސީ މަސައްކަތްތެރިން ގެންގުޅުމަށް ދައުލަތުން އެކުލަވާލާފައިވާ އުސޫލުތަކާއި ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އެ ރަށުގައި ދިރިއުޅެމުންދާކަން ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެ ކައުންސިލުން އިތުރަށް ބުނީ ބިދޭސީ މަސައްކަތްތެރިން އެ ރަށުގައި ގެންގުޅެންވާނީ ކައުންސިލުގައި އެކުލަވާލާފައިވާ ބިދޭސީ މަސައްކަތްތެރިންގެ ދަފްތަރުގައި ހިމަނައިގެންކަން ކަމަށާއި އެކަން މީގެ ކުރިން އާންމުކޮށް އިއުލާން ކުރެވުފައިވާނެ ކަމަށެވެ.
ގައިވައިދާ ހިލާފަށް އެ ރަށުގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ކައުންސިލާއި ދިއްދޫ ފުލުހުންގެ ހިދުމަތުން، ޗެކް ކުރުމުގެ ހާއްސަ ހަރަކާތެއް އެ ރަށުގައި ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!