ސަރުކާރުން ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމު ބަލަހައްޓާ އާސަންދަ ކުންފުންޏަށާއި، ނެޝަނަލް ސޯސިއަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަށް ބޭސްފަރުވާ ކުރުމަށް އެދި ހުށައެޅުމުން އެކަމުގައި ރައީސް އިރުޝާދު ދެއްވާ އުސޫލެއް ނޯންނަކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ހީނާ ވިދާޅުވީ، ބޭސްފަރުވާ ކުރުމަށް އެދި ހުށައަޅާ ފަރާތްތަކަށް އެއޮންނަ އުސޫލުގެ ތެރެއިން އެކަން ހަމަޖައްސައި ދެނީ އެންސްޕާ އާއި އާސަންދައިން ކަމަށެވެ. އަދި އެކޭސްތަކަށް ރައީސް އިރުޝާދު ދެއްވާ އުސޫލެއް ނޯންނަކަމަށް ވެސް ވިދާޅުވިއެވެ.
''މި ޖެނުއަރީ މަހުގެ 1-25 އަށް ބޭސްފަރުވާއަށް ދިއުމަށް 1922 ޓިކެޓް އިޝޫކޮށްފައިވޭ. އޭގެ 97.2 އިން ސައްތަ އަކީ ބޭސް ފަރުވާއަށް އިންޑިއާއަށް ދިއުމަށް އިޝޫ ކޮށްފައިވާ ޓިކެެޓް.'' ހީނާ ވިދާޅުވެފަވެއެވެ.
ބެލެވޭގޮތުގައި ހީނާ މިފަދައިން ވިދާޅުވެފައި މިވަނީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް އެހީވަނީ ރައީސްގެ އެންގެވުމަށް އާސަންދައާއި އެންސްޕާގެ ތެރެއިން އަބަދުވެސް އެއް އިދާރާއިންކަމަށް ބުނެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރަކާއިގުޅިގެން އެކަން ސާފުކޮށްދިނުމުގެ ބޭނުމުގައެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތީ އެހެން ޤައުމުތަކަށް ބޭސްފަރުވާގައި ބަރޯސާވުންކުޑަކޮށް، އަމިއްލަ ކެޕޭސިޓީ އިތުރުކޮށް، ރާއްޖެއިން ބޭރުން ވެސް ތައިލެންޑާއި، ދުބާއީން ވެސް ބޭސްފަރުވާކުރެވޭނެ އިންތިޒާމު ހަމަޖައްސައި ކޮލިޓީ ބޭހަށް ދީއްލައިލުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!