މާލެ ސިޓީ ކައުންސިލްގެ ތިން ކައުންސިލަރުން ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފިއެވެ.

އެ ތިން ކައުންސިލަރުން ޕީއެންސީއާއި ގުޅިފައިވާކަން ޕްރޮގްރެސިވް އިއްތިހާދު)ގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަނީ ''އެކްސް''ގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.

Ad
rt

އެ ޕޯސްޓްގައި ބުނެފައިވާ ގޮތުން ޕީއެންސީ އާއި ގުޅުނު ތިން ކައުންސިލަރުން ނަކީ، މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު އާއި މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު އަރީޝް އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު އާއިޝަތު ނާޒިމާއެވެ.

މީގެ ތެރެއިން އަރީޝް ކައުންސިލަށް ހޮވުނީ އެމްޑީޕީ ޓިކެޓުގައެވެ. ނާޒިމާ ހޮވުނީ ޕީޕީއެމް ޓިކެޓުގައެވެ. އަދި ޕީޕީއެމް ޓިކެޓްގައި ހޮވުނު އިބްރާހީމް އަބޫބަކު ވަނީ ދާދިފަހުން ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމް އުފައްދަވަން މަސައްކަތްކުރަށްވާ މޯލްޑިވްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ވެސް ސޮއިކޮށްފައެވެ.

މާލެ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާއަށް މި މަހުގެ 13 ވަނަ ދުވަހު އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި ކައުންސިލަރު އަހުމަދު ރިޝްވާން ވެސް ވަނީ ޖެނުއަރީ 22 ވަނަ ދުވަހު ޕީއެންސީ އަށް ސޮއިކޮށްފައެވެ. އޭނާ ސޮއިކުރީ މަގާމުގެ ހުވާ ކުރުމުގެ ވެސް ކުރިންނެވެ.

މީގެ އިތުރުން 6 ޖެނުއަރީ 2023 ގައި މާލެ ސިޓީ ކައުންސިލްގައި ހިމެނޭ އިދިކޮޅު އެމްޑީޕީގެ ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދާއި ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމް ވެސް ވަނީ ޕީއެންސީ އަށް ސޮއިކޮށްފައެވެ.