ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ބާއްވާ ބޭސިކް އަދި އެޑްވާންސް ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިސްނަގައިގެން ބާއްވާ މި ކޯހުގައި ބައިވެރިންގެ އަތުން އެސްވެސް ފީއެއް ނުނަގާނެއެވެ. ނަމަވެސް ކޯހުގައި ބޭނުން ކުރާނެ ފަހާފޮށި ހޯދުމަކީ އެ ބައިވެރިއެއްގެ ޒިންމާއެކެވެ.

Ad
rt

މި މަހު 16 ވަނަ ދުވަހު ފަށަން ތާވަލު ކޮށްފައިވާ މި ކޯހުން ފުރުސަތު ދިނުމަށް ނިންމާފައި ވަނީ އެކަމަށް އެދި ފުރަތަމަ ނަން ނޯޓް ކުރާ 30 ބައިވެރިންނަށެވެ. މި ކޯހުގެ ދިގުމިނަކީ އެއް މަސްދުވަހެވެ.

ކޯހުގައި ބައިވެރިވެ ކޯސް ފެށުމަށްފަހު ކޯސް ހުއްޓާލައިފިނަމަ، ކޯހުގެ ފީއަށްވާ 2500 (ދެހާސް ފަސްސަތޭކަ) ރުފިޔާ އެ ކޮމެޓީއަށް ދައްކަން ޖެހެއެވެ.

ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހަނިމާދޫ ކައުންސިލުގައި ނަން ނޯޓް ކުރެއްވުމަށް އެ ކޮމެޓީން އެދެއެވެ.