ށ. ފޯކައިދު އާއި މަޑިދުއާ ދޭތެރޭ އޮނުތަކެއް އޮޔާ ދާތީ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ށ. ފޯކައިދޫއާއި ށ.މަޑިދޫއާ ދޭތެރެއިން ހުޅަނގު އުތުރަށް އެ އަތޮޅު ފޭދުއާ ދިމާލަށް ވާގޮތަށް އޮނުތަކެއް ދަނީ އޮޔާ ދަމުންނެވެ.
އެ ސަރަހައްދުގައި މި އޮނުތައް ދެފެންދޭތެރޭ އޮޔާދާތީ އެކަމަށް އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އެދެއެވެ.
ޚާއްޞަކޮށް އެ ސަރަހައްދުން ރޭނގަޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އެ އެ އަތޮޅު ބިލެއްފައްސާއި ގޮއިދޫ އާއި ދޭތެރޭ ކަނޑުން ބޯޓެއްގެ ބައެއް ކަމަށް ބެލޭ އެއްޗެއް އޮޔާ ދާތީ ކަނޑު ދަތުރުވެރިން ސަމާލުވުމަށް އެ އަތޮޅު ކައުންސިލުން އެދުނެވެ.
ފޯކައިދު އާއި މަޑިދުއާ ދޭތެރޭ އޮނުތަކެއް އޮޔާ ދާތީ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވާއިރު މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސް ދުވަސް ވަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!