މާލެ ސަރަހައްދުން ފައިލޭރިއާގެ ކޭސްތަކެއް ފެނުމާ ގުޅިގެން ފިޔަވަޅު އެޅުމުގެ ގޮތުން މިއަދުން ފެށިގެން މުޅި ހުޅުމާލެ ފޮގު ކުރަން އާބަންކޯއިން ފަށައިފިއެވެ.
ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާގެ ކޭސްތަކެއް މި މަހުގެ މެދުތެރޭގައި ކުޅުދުއްފުށިން ވަނީ ފެނިފައެވެ. އެއަށްފަހު ކުރި ޓެސްޓްތަކުން މާލެ ސަރަހައްދުން ވެސް މި ބަލި ވަނީ ފެނިފައެވެ. މި ސަރަހައްދުން ބަލި ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު، ހުޅުމާލެއިންނެވެ.
މިދިޔަ އާދީއްތަ ދުވަހާ ހަމައަށް ހުޅުމާލެއިން ފަސް ކޭސް ހިމެނޭ ގޮތަށް މާލެ ސަހަރައްދުން ފައިލޭރިއާގެ ޖުމްލަ ހަތް ކޭސް ވަނީ ފެނިފައެވެ.
އާބަންކޯއިން މިއަދު ބުނީ ފައިލޭރިއާއިން ރައްކާތެރިވުމަށްޓަކައި އެ ކުންފުނިން އިސްނަގައިގެން މިއަދުން ފެށިގެން ހުޅުމާލެ ފޮގު ކުރާނެ ކަމަށެވެ. އެގޮތުން ހުޅުމާލެ 20 ޒޯނަކަށް ބަހާލައިގެން، ދެ ގަޑިއެއްގައި އެ މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ހުޅުމާލެ ފޮގް ކުރާނީ ފަތިހު 5އިން 6އަށް އަދި ހަވީރު 6އިން 7އަށެވެ. މިވަގުތުތަކުގައި ޒަރޫރީ ބޭނުމެއްގައި ނޫނީ މިވަގުތުތަކުގައި ބޭރުގައި ނޫޅުމަށް އާބަންކޯއިން އިލްތިމާސްކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!