ކޮންމެ ދުވަހަކު ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ އާޗާ ޕްރިޕެއިޑް އާއި އެކު އައިފޯން 15 ޕްރޯ މެކްސް އެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.
ޕްރިޕެއިޑް ޕްލޭން ގެންގުޅޭ ފަރާތްތަކަށް އާޗާ ޕްރިޕެއިޑް ގެ ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސް ތަކާއެކު ތައްޔާރުކުރެވިފައިވާ ވަރަށް ފުރިހަމަ ޕެކޭޖްތަކެކެވެ. އުރީދޫ ގެ އާޗާ ޕްރިޕއެޑް ޕޯޓްފޯލިއޯއަކީ ކޮންމެ ދުވަހަކު ޑޭޓާ އާވެގެންދާ ގޮތައް އަދި އެއް ފަހަރު ރީޗާރޖްކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޕްރީޕެއިޑް ޕްލޭންތަކެވެ.
ހަމަ އެޔާއެކު އާޗާ ޕްރިޕެއިޑް ގެ ޕެކްތައް 31 ޑިސެމްބަރ 2023 ކުރިން އެކްޓިވޭޓް ކުރާ ފަރާތްތަކަށް މިހާރު ކުރިއަށް ދާ ރީޗާރޖް އެންޑް ވިން ޕްރޮމޯޝަން ގައި އޮޓޮމެޓޮކުން ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަންގައި ޕްރިޕެއިޑް ޑޭޓާ ޕެކްސް އަދި އެޑްއޯންތައް އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ހަފުތާއަކު ހާއްސަ ހަދިޔާ އެއް ލިބޭނެއެވެ. އަދި މި ޕްރޮމޯޝަން ގެ ގްރޭންޑް ޕްރައިޒް ގެ ނަސީބުވެރިފަރާތައް އައިފޯން 15 ޕްރޯ މެކްސް އެއް ލިބޭނެއެވެ.
އާޗާ 500 ގެ ޕްލޭން މެދުވެރިކޮށް 60ޖީބީ ޑޭޓާ މުޅި މަހަށް ބަހާލައިގެން ދުވާލަކު 2ޖީބީ އެންމެ 500ރ. އަށް ލިބޭއިރު، އާޗާ 750 މެދުވެރިކޮށް 180ޖީބީ ޑޭޓާ މުޅި މަހަށް ބަހާލައިގެން ދުވާލަކު 6ޖީބީ ޑޭޓާ، 750ރ އަށް ލިބިގެންދެއެވެ. އާޗާ ޕްރިޕެއިޑް ޕްލޭންތަކުން ދުވާލަކަށް ލިބޭ ޑޭޓާ އަކީ އިންޓަނެޓް މެދުވެރިކޮށް ކޮންމެ ކަމެއް ކުރުމަށްވެސް ބޭނުންކުރެވޭން ޑޭޓާއެވެ.
ކިޔެވުމަށް ބޭނުންކުރާ ޕެލެޓްފޯމްތަކާއި، ނެޓްފްލިކްސް، ސޯޝަލް މީޑިއާ، އަދި ގޭމް ކުޅުމަށާއި، ޑައުންލޯޑްކުރުމަށާއި ސްޓްރީމްކުރުމަށްވެސް އާޗާ ޕްރިޕެއިޑް ޕްލޭންތައް ބޭނުންކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!