ށ. ނޫމަރާ ކައުންސިލް އެރަށު ހުކުރު މިސްކިތުގައި ސޯލާ ހަރުކޮށްފިއެވެ.

ނޫމަރާގެ ހުކުރު މިސްކިތް، މަސްޖިދުއް ނަޞްރުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކައުންސިލުން ހަވާލު ކުރުމުން އެ މަސައްކަތް ކޮށްފައި ވަނީ އަވި ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޑެޑުންނެވެ.

Ad
rt

މި މަސައްކަތަކީ ނޫމަރާ ކައުންސިލުގެ އާމްދަނީން ކޮށްފައިވާ މަސައްކަތެއްކަމަށް އެ ކައުންސިލުން ބުނެއެވެ.

ނޫމަރާ ކައުންސިލުން ވަނީ އެރަށު ހުކުރު މިސްކިތުގައި ފާޚާނާ ބަރިއެއް ޢިމާރާކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. 14 ނޮވެމްބަރު 2023 ގައި މި މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ އެ އަތޮޅު ކަނޑިތީމުގެ މުރީދު ކާޕެންޓަރީ އަށެވެ.

ނޫމަރާ ކައުންސިލް އެރަށު ހުކުރު މިސްކިތުގައި ސޯލާ ހަރުކޮށްފައިވާއިރު، ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "މަގޭ ސޯލާ" ނަމުގައި ޕްރޮގްރާމެއް މުސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވަނީ އިއްޔެ ވަނީ ފަށާފައެވެ.

މިޕްރޮގްރާމަކީ ކަރަންޓް ބިލަށް ކުރާ ހޭދަ ކުޑަކޮށް، ތެލުން އުފައްދާ ހަކަތަ ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމެކެވެ.