ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ ލޯގޯ ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޮޅަދޫ ކައުންސިލުން ލޯގޯއެއް ފަރުމާކުރުމުގެ ބޭނުމަކީ، އެ ކައުންސިލުގެ ރަސްމީ އެކިއެކި ލިޔެކިޔުންތަކާއި ތަކެތީގެ އިތުރުން ރަސްމިއްޔާތުތަކުގައި ކައުންސިލްގެ ނަމުގައި ބޭނުންކުރެވޭނެ ފަދަ އެ ރަށާއި ގުޅޭނެ ލޯގޯއެއް އޮތުމެވެ.

Ad
rt

ހުށަހަޅާ ލޯގޯތަކުގެ ތެރެއިން އެ ކައުންސިލުން އެންމެ ރަނގަޅުކަމަށް ކަނޑައަޅާ، ލޯގޯ ހުށަހަޅާ ފަރާތައް 3000.00 (ތިންހާސް) ރުފިޔާ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.

ލޯގޯ ފަރުމާކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ކައުންސިލުގެ ނަމްބަރަށް (6500519) ގުޅައި ނަން ނޯޓް ކުރުމަށް އެ ކައުންސިލުން އެދެއެވެ.

ލޯގޯ ފައުމާކޮށް ހުށަހެޅޭ އެންމެ ފަހު ތާރީހަކީ އަންނަ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުގެ 13:00 އެވެ. ފަރުމާކުރާ ލޯގޯ މައުލޫމާތު ޝީޓްގައި ބަޔާން ކޮށްފައިވާ ތަކެއްޗާއިއެކު މެއިލް ކުރުމަށް އެ ކައުންސިލުން އެދެއެވެ. މެއިލް އެޑްރެސް އަކީ procument@molhadhoo.gov.mv އެވެ.