ޔުއެފާ ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ބީގައި ރޭ ފްރާންސާއި ޖިބްރާލްޓާ ބައްދަލުކުރި މެޗު، 14-0 ގެ ނަތީޖާއިން ފްރާންސް ކާމިޔާބު ކޮށްފިއެވެ.

މިއީ ބައިނަލްއަގުވާމީ މެޗެއްގައި ފްރާންސުން ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ. މި މެޗަށް ނުކުތްއިރު ވެސް ފްރާންސް އޮތީ އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯއަށް ކޮލިފައިވެފައެވެ. ނަމަވެސް އެ ޓީމުން މި މެޗުގެ ފުރަތަމަ އެގާރާގައި ވަނީ އެމްބާޕޭއާއި ގްރިޒްމަން އަދި ކިންގްސްލީ ކޮމަން ފަދަ ކުޅުންތެރިން ހިމަނާފައެވެ.

Ad
rt

އަމިއްލަ ގައުމުގައި ކުޅުނު މި މެޗުގައި ފްރާންސުން ވަނީ ކޮންމެ ހާފެއްގައި ހަތް ލަނޑު ޖަހާފައެވެ. މި މެޗުގައި އެ ޓީމްގެ ކެޕްޓަން އެމްބާޕޭ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. އަދި ތިން ލަނޑު ޖަހަން އެސިސްޓް ކޮށްދީފައެވެ. މި ލަނޑުތަކާއިއެކު އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ލިސްޓްގެ ތިންވަނަ އަށް ޖެހިލާފައެވެ. މި ލިސްޓްގެ އެއްވަނާގައި އޮތް ޖިރޫޑް ވަނީ ރޭ މެޗުގައި ދެ ލަނޑު ޖަހާފައެވެ. އެ ލަނޑުތަކާއިއެކު އޭނާ ގައުމީ ޓީމަށް ޖެހި ލަނޑުގެ އަދަދު ވަނީ 56 އަށް އަރާފައެވެ. ދެވަނާގައި އޮތީ މިހާރު ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވާ ފްރާންސްގެ ކުރީގެ ކުޅަދާނަ ފޯވާޑް ހެންރީއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 51 ލަނޑު ޖަހާފައެވެ. ލިސްޓްގެ ތިންވަނާގައި އެމްބާޕޭ އޮތީ 46 ލަނޑު ޖަހައިގެންނެވެ.

އުމުރުން 17 އަހަރުގެ ޒައިރް އެމެރީ ވަނީ ރޭ ފްރާންސް ޓީމްގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ. އޭނާ ވެފައި ވަނީ ފާއިތުވި ގަރުނެއްހާ ދުވަސްތެރޭ ފްރާންސް ގައުމީ ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއަށެވެ. އޭނާ ވަނީ ރޭ މެޗުގައި ލަނޑު ވެސް ޖަހާފައެވެ.

ޖިބްރާލްޓާއަށް މި މެޗުގައި ފްރާންސްގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައި ނުވެއެވެ. ރޭ މެޗުގައި އެ ޓީމަށް މައްސަލަ ކުރިމަތިވީ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ސަންޓޯސްއަށް ރަތްކާޑު ދެއްކުމާއި ގުޅިގެންނެވެ. ވުމާއިއެކު މެޗުގެ ބޮޑުބައި އެ ޓީމް ކުޅުނީ ދިހަ ކުޅުންތެރިންނާއި އެކުގައެވެ.

ރޭ މެޗުގައި ފްރާންސަށް ދެން ލަނޑު ޖަހައިދިނީ ތުރަމް، ކްލައުސް، ކޮމަން، ފޮފާނާ، ރެބިއުޓްގެ އިތުރުން ޑެމްބެލޭއެވެ.

ކޮލިފައިންގައި މިހާތަނަށް ޖިބްރާލްޓާއިން ހަތް މެޗު ކުޅެފައިވާއިރު ހުރިހާ މެޗަކުން ވެސް ވަނީ ބަލިވެފައެވެ. ގްރޫޕް ބީގެ ފުލުގައި އޮތީ އެ ޓީމެވ