ފުލުހުންގެ ޚިދުމަތުގެ އޮފިސަރުންތަކަށް ދީފައި ވަނީ އޭޕްރީލް މަހުން ފެށިގެން އިއުލާނުކޮށް، ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް ކަމަށް އެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިސް ބޭފުޅުން ހިމެނޭ ގޮތަށް ގިނަ އަދަދެއް ފުލުހުންނަށް މަގާމުގެ ކުރިއެރުންދީފައިވާކަމަށް ޚަބަރު ފެތުރިފައިވާއިރު، އެއީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މިކަމާއި ނޫސްވެރިން ފުލުހުންގެ މީޑިއާ ގްރޫޕްގައި ކުރި ސުވާލުގެ ޖަވާބުގައި ފުލުހުން ވިދާޅުވީ، އެ ޕްރޮމޯޝަން ތަކަކީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން އިއުލާނުކޮށް، ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް ކަމަށެވެ.
ޕްރޮމޯޝަން އޭރު ހަވާލުނުކުރީ އިންތިހާބު ކައިރިވެފައި އޮތުމުންނާއި އެކަމުގެ ސަބަބުން ނޭދެވޭ ތަސައްވުރެއް އުފެދިދާނެ ކަމަށް ދެކޭތީ ކަމަށް ވެސް ވިދާޅުވިއެވެ.
''މި ޕްރޮމޯޝަން ތަކަކީ މި ޚިދުމަތުގެ މަގާމުގެ ކުރިއެރުން ދިނުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދެމުން ގެންދާ ޕްރޯމޯޝަން ތަކެއް.'' ފުލުހުން ވިދާޅުވެފަ ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!