ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023" ގެ ފިރިހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ޓީމް ހަނިމާދޫއިން ކަށަވަރު ކޮށްފިއެވެ.

ފިރިހެން ބައިގައި ހަތަރު ޓީމަކުން ވާދަކުރާއިރު މިހާތަނަށް ކޮންމެ ޓީމެއް ވަނީ ދެ މެޗު ކުޅެފައެވެ. ހަނިމާދޫއިން ވަނީ ކުޅުނު ދެ މެޗު ކާމިޔާބު ކޮށްފައެވެ. ހަ ޕޮއިންޓާއިއެކު ޕްއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ވެސް ހަނިމާދޫއެވެ. ދެވަނާގައި އޮތް ކުޅުދުއްފުށީ ކްލަބް ކޮރަލްސްއާއި ތިންވަނާގައި އޮތް ޓީމް ނައިވާދޫއަށް ދެ މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

Ad
rt

މިއަދު ހަނިމާދޫއާއި ވައިކަރަދޫ ކުޅޭ މެޗުން ހަނިމާދޫ ބަލިވެފައި މާދަމާ ކޮރަލްސްއާއި ނައިވާދޫ ބައްދަލުކުރާ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ހަނިމާދޫއަށް އެއްވަނަ ނުގެއްލޭނެއެވެ. ވުމާއިއެކު މިހާރު ހަނިމާދޫއަށް މިވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވެފައެވެ.

ފިރިހެން ބައިގެ ސެމީ ފައިނަލުން ޖާގަ ލިބޭނީ ގްރޫޕް ބުރު ނިމޭއިރު ތާވަލުގެ ދެވަނަ އަދި ތިންވަނަ ހޯދާ ޓީމަށެވެ. މިވަގުތު ޕޮއިންޓް ތާވަލު އޮތްގޮތުން ދެވަނަ އަދި ތިންވަނަ ލިބުމުގެ ފުރުޞަތު އޮތީ ކުޅުދުއްފުށީ ކްލަބް ކޮރަލްސްއަށާއި ޓީމް ނައިވާދޫއަށެވެ.

ފިރިހެން ބައިގެ ސެމީ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ރެއެވެ. މި ބައިގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ވައިކަރަދޫ ވޮލީ ކޯޓުގައެވެ.

މި މުބާރާތުގެ ކޮންމެ ޑިވިޝަނަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 35000 (ތިރީސް ފަސްހާސް) ރުފިޔާ އަދި ކޮންމެ ޑިވިޝަނަކުން ރަނަރަޕް ހޯދާ ޓީމަކަށް 15000 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތަށް އެހީތެރިކަން ފޯރުކޮށްދިން ސްޕޮންސަރުންގެ ތެރޭގައި މޯލްޑިވްސް ޕޯޓްސްޓް ހިމެނެއެވެ.