ހދ. ނޮޅިވަރަމްގެ ޖަމްއިއްޔާއެެއް ކަމަށްވާ، ޖަމިއްޔަތުލް ރިސާލާއިން ދީނީ ގޮތުން ހޭލުންތެރި ކުރުމުގެ ހަރަކާތްތަކެއް ހިންގައިފިއެވެ.
މިޙަރަކާތްތަކުގައި 19 ޑިސެމްބަރ 2019 ވަނަ ދުވަހު ހދ. ކުރިނބީގައި ދީނީ ނަޞޭހަތް ދިނުމުގެ 2 ޕްރޮގްރާމް، 20، 21 ޑިސެމްބަރު 2019 ވަނަ ދުވަހު ނޮޅިވަރަމްގައި ދީނީ ދަރުސް ދިނުމުގެ 4 ޕްރޮގްރާމްވަނީ ހިންގާފައެވެ.
މީގެ އިތުރުން ހިންގި ހަރަކާތްތަކުގެ ތެރޭގައި ހޭލުންތެރިކޮށް، މައުލޫމާތު ފޯރުކޮށް ދިނުމަށް ގޭގެޔަށް ޒިޔާރަތް ކުރުމާއި، ޢާއިލީ ނަޞޭހަތް ދިނުން ކުރިއަށް ގެންދިއުމާއި އަދި ސޭޚާއިއެކު ޒުވާނުންގެ ބާބަ ކިއުއެއް ވަނީ ބާއްވާފައެވެ.
މިހަރާތްތަކުގައި ދީނީ މައުލޫމާތު ފޯރުކޮށްދެއްވާފައިވަނީ ސެއިޚް ސުއައިބު ނާޒިމެވެ.
ކުޑަކުދިން ނަމާދަށް ދިއުމަށް ބާރު އެޅުމުގެ ގޮތުން ޖަމިއްޔަތުއް ރިސާލާއިންވަނީ، ނޮޅިވަރަމްގައި ޖަމާއަތުގައި ފަތިސްނަމާދަށްދާ ކުޑަކުދިންނަށް ފައިސާގެ އިނާމެއް ދިނުމަށް ނިންމައި މީގެ ހަދުވަސްކުރިން ވަނީ އެކަން ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!