ހދ. މަކުނުދޫގައި އެއްޗެއް ގޮވައި ދެ މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވިގޮތުގައި މަކުނުދޫގައި ނަރުދަމާ މަސައްކަތްކުރާ ސައިޓެއްގައި އެއްޗެއް ގޮވާފައިވާ ކަމަށް އެ އިދާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ.

Ad
rt

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، މި ހާދިސާގައި ދެމީހަކު ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މަކުނުދޫން ''ތިލަދުން'' އާއި ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ނިޔާވި އެކަކު އޮތީ ވިއްސައިގެން ގޮސް އެ އެތި ގޮވި ސަރަހައްދާ 100 ވަރަކަށް ފޫޓޫ ދުރުގައެވެ. އެއީ އެރަށު އެއާޕޯޓު ހެދުމުގެ މަސައްކަތުގައި އެރަށަށް އައިސް އުޅޭ ދެ ބިދޭސީން ކަމަށް އޭނާ ބުންޏެވެ. އަދި މި ހާދިސާ ހިނގާފައި ވަނީ ރަށުގެ ބަނދަރު ސަރަހައްދުގައި ކަމަށް ވެސް ބުންޏެވެ.

''އެމީހުން ގޭސް ފުޅިއެއް ބޭނުން ކޮށްގެން މަސައްކަތެއް ކުރަން އުޅުނުކަމަށް އިނގިފައިއޮތީ'' އޭނާ ބުންޏެވެ.