ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ގޮވައި ކުޅުދުއްފުށީގައި 4 މީހަކަށް އަނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށި ސިޓީ އެއާޕޯޓު ފަޔާ ގެ ޓްރެއިނިން އަށް ބޭނުންކުރާ ސިލިންޑަރެއް ރިފީލް ކުރުމުގެ ތެރޭގައި ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 11:45 ހާއިރު ކަމަށެވެ.
އެ އިދާރާ އިން ވިދާޅުވީ އެ ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށާއިި އެ ހާދިސާގައި 4 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
އެއީ އެ ސިޓީގެ އެއާޕޯޓު ފަޔާ ގެ 4 މުވައްޒަފުން ކަމަށާއި އެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އަނިޔާވެފައި ވަނީ ތިން ފިރިހެނުންނަށާއި އަންހެނަކަށެވެ. އެތަނުން އެކަކުގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!