ގައުމުގެ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަށް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގައި ތިނަދޫ ދެކުނު ދާއިރާ ކުރިން ތަމްސީލުކުރެއްވި މެންބަރު އަބްދުﷲ އަހްމަދު (އއަބުޅޯ) ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވާ އޭނާގެ މީސްމީޑިއާގައި ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ފަސްގަޑުގެ މިނިވަންކަމާއި މި ފަޚުރުވެރި އުފާވެރިއަމާން ރާއްޖޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަކީ މާލީގޮތުން މިނިވަން ބަޔަކަށް ހައްދަވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އިގްތިސާދީ، އިޖްތިމާއީ ހާރިޖީ ހަމަޖެހުން ޤާއިމް ވެފައިވާ ބަޔަކަށް، ދިވެހިން ހަދައިދޭނެ ކަމަށެވެ.

Ad
rt

މީގެ އިތުރުން ސާލިހުގެ ވެރިކަމުގައި ފަހި ދިރިއުޅިމަކަށް މަގުފަހި ވެފައިވާ، ތައުލީމީ އަދި އުފެއްދުންތެރި ބަޔަކަށްހަދައި އުމްރާނީގޮތުން ތަރައްގީވެ، އަސާސީ ހިދުމަތްތައް ތިޔާގި، ޒަމާނީ ތަހުޒީބީ އިންތިޒާމްތަކަކުން ތަރުތީބު ވެފައިވާ ބަޔަކަށް ރައީސް ސާލިހް ދިވެހިން ހަދާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ވެސް އެބަ އޮތް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ވެސް ހުންނެވި އަބުޅޯ އިތުރަށް ވިދާޅުވީ ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސްލަސްކަން ދެމެހެއްޓުމަށް، 2023 ވަނައަހަރު ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާޢީދުކުރުމަށް ނިންމާފައިވާކަމަށެވެ.

” އަޅުގަނޑު ދަނޑަށް މި ނުކުތީ 54 ވަނަ މިނުޓުގައި” އޭނާ ވިދާޅުވެފައިވެއެވެ.