މި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އޮފީހުން ނިންމަވައިފިއެވެ.

އެ އޮފީހުން ވިދާޅުވީ މި އަހަރުގެ އިތުރު ބަންދު ދުވަސްތަކެއް ރައީސުލްޖުމްހޫރިއްޔާ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން ސެޕްޓެމްބަރު މަހުގެ 28 ވާ ބުރާސްފަތި ދުވަސް ވެސް ހިމަނުއްވާފައިވާތީ، އެ ދުވަސް ސަރުކާރު ބަންދު ވާނެ ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

މި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައި މިވަނީ ސެޕްޓެމްބަރު 27 ވަނަ ދުވަހަކީ ކީރިތި ރަސޫލާގެ އީދު މީލާދީ ދުވަސް ވުމުން އެކަމުގެ މުނާސަބާ ދުވަހެއްގެ ގޮތުގައެވެ.

މިއަހަރުގެ އިތުރު ބަންދު ދުވަސްތައް ރައީސް ސާލިހު އިއުލާން ކުރައްވާފައިވާއިރު، އެގޮތުން ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ތިން ދުވަހަކީ ޖޫން މަހުގެ 25 އަދި 26 އަދި ސެޕްޓެމްބަރު 28 ވަނަ ދުވަހެވެ.