މި މަހު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅިގެން ސެޕްޓެމްބަރު 10 ވަނަ ދުވަސް ސަރުކާރު ބަންދު ކޮށްފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މިގޮތަށް ހަމަޖެއްސީ އެ ދުވަހުގެ ކުރިއަށް އޮތް ދުވަހަކީ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ ދުވަސް ކަމަށްވާތީ އާއި އާދީއްތަަ ދުވަސް ވެގެން ދާނީ އިންތިހާބާ ގުޅުން ހުރި ކަންކަމުގައި ސަރުކާރުގެ މުވައްޒަފުންނާއި ގިނަ ރައްޔިތުންތަކެއް ބައިވެރިވާނެ ދުވަހެއް ކަމަށް ވާތީ ކަމަށެވެ.

Ad
rt

އެ ސަަބަބާއި ހުރެ އިލެކްޝަންސް ކޮމިޝަނުން ވެސް އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް ރައީސް އޮފީހުގައި އެދިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 10 ވާ ހޮނިހިރު ދުވަހުއެވެ. އަދި އެ ދުވަހު ވޯޓު ލުން ކުރިއަށް ދާއިރު، ސްކޫލްތަކާއި ކުޅިވަރު ކުޅޭ މަރުކަޒުތަކާއި މަލްޓިޕާޕަސް ހޯލްތައް ފަދަ ސަރުކާރުގެ އިމާރާތްތަކުގައި ވޯޓު ލުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު މި މަހު 10 ގައި ބާއްވާއިރު، އެ ބުރުގެ ރަސްމީ ނަތީޖާ އިއުލާން ކުރުން އޮންނާނީ އިންތިހާބު ކުރިއަށްދާ ހޮނިހިރު ފެށިގެން ހަތް ދުވަހުގެ ތެރޭގައެވެ. އަދި ދެވަނަ ބުރަށް ދާން ޖެހިއްޖެނަމަ، މި މަހުގެ 30 ވަނަ ދުވަހު ބާއްައި، އެ ބުރުގެ ރަސްމީ ނަތީޖާ، އިންތިހާބު އޮންނަތާ ހަތް ދުވަހުގެ ތެރޭގައި އިއުލާން ކުރުމަށް ވަނީ ނިންމާފައެވެ.