ޝަހީދު ހުސެއިން އާދަމްގެ ބައްޕަ އާދަމް މުހައްމަދު ނިޔާވެއްޖެއެވެ.
އޭނާ ނިޔާވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުސްކުޅި ބަލީގައި ޑޮކްތަރަށް ދައްކަމުންދާތާ، ދުވަސްތަކެއް ވެފައިވާއިރު، އޭނާގެ ހާލު ދެރަވެގެން ކޭއާރްއެޗުގައި އެނދުމަތިި ކުރީ ރޭގެ ވަގުތެއްގައެވެ.
އާދަމް ނިޔާވިއިރު ދުނިޔޭގައި އަންބަކާއި 6 ދަރިން އެބަ ތިއްބެވެ.
ޝަހީދު ހުސެއިން އާދަމްއަކީ 1988 ވަނަ އަހަރު ސިލޯނުގެ ތަމަޅައިގެން ކުލީ ސިފައިންގެ ކިބައިން ދީނާއި ގައުމު ދިފާއު ކުރުމަށް ހަނގުރާމަ ކުރައްވަމުން ގެންދަނިކޮށް އެ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ޝަހީދުވި ޤައުމީ ބަތަލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!