ކުޅުދުއްފުށީ ހޮސްޕިޓަލް ސަރަޙައްދުގައި ހުރި ދަތުރު ހިޔާ ޒަމާން ތަކަކަށްފަހު މަރާމާތުކޮށްފި އެވެ.
މިދަތުރު ހިޔަލަކީ ކުޅުދުއްފުށީގައި މީގެ ކުރިން ކުޅުދުއްފުށީ ހޮސްޕިޓަލް ސަރަހައްދުގައި ހުރި ފާލާމާއި ދިމާލުގައި ހަދާފައި ހުރި ދަތުރު ހިޔަލެކެވެ. ކުޅުދުއްފުށީ ބިން ހިއްކުމަށްފަހު މިތަން ބޭނުން ކުރަމުން އައީ ހޮސްޕިޓަލްގެ ހިދުމަތް ހޯދަމުން ދާފަރާތްތަކުން ހިޔަލުގައި މަޑުކޮށްލުމަށް ބޭނުން ކުރަމުން އައި ތަނެއްގެ ގޮތުގައެވެ. ނަމަވެސް ތަން ހަލާކުވުމާއި ގާތްވެފައިވަނިކޮށް ތަނުގެ އާބާތުރަފިލުވާ މިހާރު އެތަންވަނީ މީހުން ބޭނުން ކުރެވޭ ފެންވަރަކަށް ގެނެސްފައެވެ.
ކުޅުދުއްފުށީ ކައުންސިލުން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެތަން މަރާމާތުކޮށްފައިވަނީ ރަށަށް ޒިޔާރަތްކުރާ ފަރާތްތައް އަދި ހޮސްޕިޓަލް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށާއި އަދި ރަށުތެރޭ މީހުން އެއްވެ އުޅޭ މިފަދަ އެހެން ސަރަހައްދުތަކުގައި ޕާކް އަދި މީހުންނަށް މަޑުކޮށްލެވޭނެ ފަދަ ސަރަހައްދުތައް ހެދުމުގެ މަސައްކަތް އެ ކައުންސިލުން ކުރިޔަށް އޮތްތާނގައި ކުރާނެކަމަށެވެ.
މިމަސައްކަތް ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާތީ މިއީ ރަނގަޅު ކަމެއްކަމަށް ބުނެ ގިނަބަޔަކު އަންނަނީ ކުޅުދުއްފުށީ ކައުންސިލް ކުރިއަށްވުރެއް ރަނގަޅުވާން ފަށާފައިވާކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!