ހއ. ހޯރަފުށި އެއާޕޯޓަށް ހޯރަފުށި އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފިއެވެ.

މި ދަތުރުތައް ފެށުމުގެ ގޮތުން ފުރަތަމަ ފްލައިޓު ރޭ ވަނީ އެ އެއާޕޯޓަށް ޖައްސާފައެވެ. މި ފްލައިޓުގައި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭހެން ވަފުދެއް ރޭ ވަނީ ވަޑަިއގެންފައެވެ.

Ad
rt

އެ ވަފުދުގައި ހޯރަފުށީ ދާއިރާގެ މެންބަު އަހްމަދު ސަލީމްއާއި ރީޖަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ރިޒްވީ އާއި ހޯރަފުށީ ކައުންސިލް ގެ ރައީސް މުހައްމަދު ވަހީދު ހިމެނިވަޑައިގެންނެވިއިރު، އެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ނިކުމެފައެވެ.

މި އެއާޕޯޓަށް ރޭގަނޑު ދަތުރު ފެށުމުގެ ތައްޔާރީތައް މީގެ ކުރިން ވެސް ވަމުން ދަނިކޮށް އެ މަސައްކަތަށް މަޑުޖެހުމެއް އައީ އެއާޕޯޓު ސަރަހައްދަށް ރާޅުއެރުމުގެ ސަބަބުންނެވެ.

ރިވެޓް ޖެހުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށް، އެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ހޯރަފުށި ކައުންސިލުން ވިދާޅުވީ އެ އެއާޕޯޓަށް ދުވާލަކު 3 ފްލައިޓު ޖައްސާ ކަމަށާއި ރޭގަޑގެ ދަތުރުތައް ފެށުމުން ރައްޔިތުންނަށާއި އެރަަށަށް ޒިޔާރަތްކުރަން ބޭނުްނވާ ފަރާތްތަަކަށް މިހާރަށްވުރެ ލުއި ފަސޭހަ ގޮތްތަކެއް މެދުވެރިވާނެ ކަމަށެވެ.

މި އެއާޕޯޓު ފުރަތަމަ ހުޅުއްވައި ދެއްވީ 19 ނޮވެމްބަރު 2019 ވަނަ ދުވަހު ރައީސް ސާލިހާއި ޓްރާންސްޕޯޓު މިނިސްޓަ ޢާއިޝަތު ނަހުލާއެވެ.