ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ރާވާ ހިންގާ އިމްތިޙާނުތަކާއި ގުޅިގެން ފޮނުވަންޖެހޭ ސެޓްފިކެޓްތައް ރައްކާތެރިކަމާއެކު އަތޮޅުތެރޭގެ ސެންޓަރުތަކަށް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ ފަހުމުނާމާއެއްގައި ދެ ފަރާތުން ވަނީ ސޮއި ކޮށްފައެވެ.
ޕޯސްޓް އޮފީސް މެދުވެރިކޮށް އަތޮޅުތެރޭގެ ސެންޓަރުތަކަށް ސެޓްފިކެޓްތައް ފޮނުވަން ފެށުމާއެކު، ޕަބްލިކް އެގްޒާމިނޭޝަން އަށް ސެޓްފިކެޓް ލިބޭތާ ގިނަވެގެން 20 ދުވަހުގެ ތެރޭގައި ސެންޓަރުތަކަށް ފޮނުވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ރައްކާތެރިކަމާއެކު ދަރިވަރުންނާ ސެޓްފިކެޓްތައް ހަވާލުކުރެވޭކަން ކަށަވަރުވެގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މޯލްޑިވްސް ޕޯސްޓަކީ ރާއްޖޭގައި ޕޯސްޓުގެ ހިދުމަތް ދެމުން އަންނަ އެންމެ ގިނަ ދުވަސްވީ ކުންފުންޏެވެ. އެ ކުންފުނިން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ތަކެތި ޕޯސްޓު ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!