ދެކުނު ކޮރެއާގައި ރާއްޖެ އިތުރަށް ޕްރޮމޯޓްކުރުމަށް މޯލްޑިވްސް ރޯޑްޝޯ ސީރީސްއެއް ބާއްވައިފިއެވެ.

ދެކުނު ކޮރެއާގައި ބާއްވާ މޯލްޑިވްސް ރޯޑްޝޯ ސީރީސްގެ ތެރެއިން، ފޮޓޯ:ވިޒިޓް މޯލްޑިވްސް

Ad
rt

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ބުނީ މި ރޯޑު ޝޯ ބާއްވާފައިވަނީ ދެކުނު ކޮރެއާގެ ވެރިރަށް ސޯލް ގައި ކަމަށެވެ.

ޖޫން 21 ގައި ސޯލްގައި މި ރޯޑްޝޯގެ މަގުސަދަކީ ސޯލްގެ އޮޕަރޭޓަރުންނާއި އޭޖެންޓުންނާ ގުޅުން އުފައްދާ، ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުން ކަމަށް އެމްއެމްއާރްސީ އިން ބުނެއެވެ. އަދި ދެކުނު ކޮރެއާގެ ފަތުރުވެރިންނަށް އެންމެ ކަމުދާ މަންޒިލްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމެވެ.

މީގެ އިތުރުން ޖޫން 23 ގައި ބުސާން ގައި ވެސް ރޯޑްޝޯއެއް ބާއްވާނެ ކަމަށް ބުނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފާހަގަކޮށްލެވޭ 11 ކުންފުންޏަކުން މި ރޯޑްޝޯ ސިލްސިލާގައި ބައިވެރިވާ ކަމަށް ވެސް ބުނެއެވެ.

އޭގެ ތެރޭގައި އަންގްސާނާ ވެލާވަރު؛ ލަކްސް ސައުތު އަރި އެޓޯލް؛ މަޑިފުށި ޕްރައިވެޓް އައިލެންޑް؛ މޯލްޑިވިއަން ޗާޓަރ ކްލަބް؛ އޯގާ އާޓް ރިސޯޓް މޯލްޑިވްސް، ރޮބިންސަން ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް؛ އާރުއައި އެޓޯލް އަދި އާރުއައިޔޫ ޕެލަސް މޯލްޑިވްސް؛ ދަ ކޮކޫން ކަލެކްޝަން؛ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓު އަދި އިނާ މޯލްޑިވްސް ހިމެނެއެވެ.

ދެކުނު ކޮރެއާގެ ފަތުރުވެރިންގެ ބޭނުންތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން އިސްކަންދޭ މިންވަރު، މި ރޯޑްޝޯގައި ބައިވެރިވާ ފަރާތްތަކުގެ އަދަދުން ރަމްޒުކޮށްދެއެވެ.

ސޯލްގައި ކުރިއަށްދިޔަ ރޯޑްޝޯ ތެރޭގައި އެމްއެމްޕީއާރުސީން ސޯޝަލް މީޑިއާ ކޮންޓެސްޓެއް ވެސް ކުރިއަށް ގެންގޮސްފައިވާއިރު، ވަނަތަކަށް ހޮވޭ ފަރާތްތަކަށް ރާއްޖޭގެ މާޗަންޑައިޒް ލިބުނެވެ. އަދި މީގެ އިތުރުން ރެފްލްއެއްވެސް ކުރިއަށްގެންދިޔައިރު، މި ރެފްލްއިން ހޮވޭ ނަސީބުވެރި ދެ ފަރާތަކަށް ރާއްޖެއަށް ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުލިބުނެވެ.

ބުސާންގައި ކުރިއަށްދާ ރޯޑްޝޯގައި ވެސް ދެ ފަރާތަކަށް ރާށްޖެއަށް ހިލޭ ޗުއްޓީ ހޭދަކުރުމަށް ރެފްލްއެށް ބާއްވާނެ ކަމަށާއި މި ރެފްލްތައް ސްޕޮންސާކޮށްފައިވަނީ ރޮބިންސަން މޯލްޑިވްސް، ރިއު ހޮޓެލްސް އެންޑް ރިސޯޓްސް، ވެސްޓިން ހޮޓެލްސް އެންޑް ރިސޯޓްސް އަދި ކޮކޯ މޯލްޑިވްސް އިން ކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ.

މީގެ އިތުރުން ރޯޑްޝޯގައި 'މޯލްޑިވިއަން ކޯނަރ' އެެއްވެސް ވަނީ ވިޒިޓް މޯލްޑިވްސްއިން ކިއުރޭޓްކޮށްފައެވެ. މިތަނުން ބައިވެރިންނަށް ދިވެހިރާއްޖޭގެ ކެޔުން ރަހަބަލާ ރާއްޖޭގެ ލިޔެލާޖެހުން ފަދަ އަތްތެރި މަސައްކަތްތަށް ބަލާލުމުގެ ފުރުސަތުލިބިގެންދިޔައެވެ.

ދެކުނު ކޮރެއާއަކީ ތާރީޚީ ގޮތުން ވެސް ރާއްޖެއަށް މުހިންމު ސޯސް މާކެޓެކެވެ. 2022 ވަނަ އަހަރު މި މާކެޓުން 35،948 ފަތުުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފާވާއިރު، މިއީ އެ އަހަރު ނުވަ ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި މާކެޓެވެ.

ކޮވިޑް-19ގެ ކުރިން 2019 ވަނަ އަހަރު ދެކުނު ކޮރެއާ އަކީ 11 ވަނައަށް އެންމެ ބޮޑު ސޯސް މާކެޓެވެ. ރާއްޖެއަށް ދެކުނު ކޮރެއާގެ ފަތުރުވެރިންގެ ޝައުގުވެރިކަން ބޮޑުވަމުން އަންނަކަން ފާހަގަކުރެވެއެވެ. 2023 ވަނަ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 13،335 ފަތުރުވެރިން ދެކުނު ކޮރެއާއިން ރާއްޖެ އައިސްފައިވެއެވެ.