ހދ. ކުޅުދުއްފުށީގެ ފިހާރައެއް ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އެރަށު ކަޑޫމާގޭ އިބްރާހިމް ހަސަންގެ މައްޗަށް އެ ހުކުމް އައީ މިދިޔަ ފެބްރުއަރީ މަހު ކުޅުދުއްފުށީގައި ފިހާރައެއް ހިންގާ މީހަކާ ހިނގި ޒުވާބެއްގައި, އޭނާގެ ފިހާރައަށް ނިސްބަތްކޮށް "ދެން ގޮއްވާލާނީ ދުއްވާލާނީ ހުރިހާ ތަނެކޭ" މިހެން ބުނެ އިންޒާރު ދީފައިވާތީ އެވެ.

Ad
rt

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ކުރި އެ ދައުވާއަށް އޭނާ އިއުތިރާފްވުމުން ކޯޓުން މިއަދު ހުކުމްކުރީ ހަ މަހަށް ޖަލަށްލުމަށެވެ. އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ޖެހޭނީ 5 މަހާއި 22 ދުވަސް ޖަލުގައި ހޭދަކުރާށެވެ.

މިގޮތަށް ބިރު ދެއްކުމުގެ މައްސަލަތަކުގައި އެހެން ބައެއް މީހުން ކުރިން ޖަލަށްލި އެވެ.