ށ. ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ކުރިއަށް ގެންދާ "އެހީވަމާ" ސިލްސިލާ މިއަހަރު ވެސް ކުރިއަށް ގެންގޮސްފިއެވެ.

މިކަމާއި ގުޅިގެން ޑަބްލިއުޑީސީގެ ރައީސާ އައިމިނަތު އަފްރާހާ ‘’ތިލަދުން’’ އަށް ވިދާޅުވީ މިއީ 2022 ވަނަ އަހަރުން ފެށިގެން ވެސް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މިއަހަރުގެ ޕްރޮގްރާމު ހިންގައިގެން ލިބުނު ތަކެތި ށ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) އާއި ހަވާލުކޮށްފައިވާ ކަމަށެވެ.

Ad
rt

އޭނާ ވިދާޅުވީ ހަދިޔާ ކޮށްފައިވަނީ ހަފުތާއެއްގެ ތެރޭގައި ލިބުނު ތަކެތި ކަމަށާއި އޭގެ ތެރޭގައި ފައިވާން، ބޫޓު އަދި ހެދުން ފަދަ ތަކެތި ހިމެނޭ ކަމަށެވެ.

މިކަމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވައި އަފްރާހާ ވިދާޅުވީ މިއަހަރު ހަދިޔާކޮށްފައިވަނީ ހަމައެކަނި އެރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު ތަކެތިކަމަށެވެ.

ކުރިއަށް އޮތް ތަނުގައި މި ސިލްސިލާ މިއަށްވުރެ ވެސް ފުޅާކުރެއްވުމަށް ވިސްނަވާ ކަމަށާއި އެގޮތުން މިހާރުގެ ޑަބްލިއުޑީސީގެ 5 އަހަރު ވެސް ކޮންމެ އަޟްހާ އީދާއި ދިމާކޮށް 'އެހީވަމާ' ޕްރޮގްރާމު ކުރިއަަށް ގެންދާނެ ކަމަށް ވެސް އަފްރާހާ ވިދާޅުވިއެވެ.