ހދ. ކުޅުދުއްފުށި ސިޓީގައި ހިންގާ ގްރާންޓްސް ފޯ ވިމަން ލެޑް ބިޒްނަސެސް އަދި ގްރާންޓްސް ފޯ ޓެއިލަރިންގ ބިޒްނަސެސް އަށް ޕްރޮޕޯސަލް ތައްޔާރު ކުރުމުގެ ޓްރެއިނިންގ ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، މިއީ އެ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ ދެ ޕްރޮގްރާމް ކަމަށެވެ.
މި ޕްރޮގްރާމުތަކުގެ މަގުސަދަކީ ވިޔަފާރިއާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށާއި އިގްތިސާދީގޮތުން އަންހެނުން ބާރުވެރި ކުރުވުމަށް މާލީ އެހީ ފޯރުކޮށްދިނުމެވެ.
މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 200 ފަރާތަކަށް 100،000 ރުފިޔާ އާއި ހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި މި ޕްރޮގްރާމު ބޭއްވުމަށް ނިންމާފައިވަނީ ޖޫން 18 އަދި 19 ގައި ކަމަށް ވެސް އެ ކައުންސިލުން ހާމަކުރެއެވެ.
އެގޮތުން 18 ވަނަަ ދުވަހު ހެނދުނު 9:30 ން ހަވީރު 4:30 އަށް އަދި 19 ވަނަ ދުވަހު ހެނދުނު 9 ން މެންދުރު 1 ޖަހަންދެން މި ޕްރޮގްރާމް އޮންނާނީ ހދ. އޭއީސީ، ޓީއާރްސީ ގައި ކަމަށް ވެސް ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!