ކެނެޑާގެ ޖަންގަލީގައި ރޯވެއްޖެ, އެމެރިކާގެ ސްޓޭޓަކަށް ވުރެ ބޮޑު ސަރަހައްދެއް އަނދައިފި

Screenshot 2023-06-08 180334

ކެނެޑާގެ ހަ ޕްރޮވިންސެއްގެ ޖަންގަލީގައި އަލިފާން ރޯވެ، ފާއިތުވި ހަ ހަފްތާގައި ތިން މިލިއަން އޭކަރަށް ވުރެ ބޮޑު ސަރަހައްދެއް އަނދައިފި އެވެ.

މިހާތަނަށް އަނދާފައި މިވަނީ އެމެރިކާގެ މެރީ ލޭންޑް ސްޓޭޓަށް ވުރެ ބޮޑު ސަރަހައްދެކެވެ.

އެމެރިކާގެ އިރުމަތީ އައްސޭރިފަށަށް ވެސް ދުމުގެ އަސަރުކޮށް, 75 މިލިއަން މީހުންނަށް އަސަރު ކުރަމުންދާއިރު، ކެނެޑާގެ ޖަންގަލިތަކަށް އޮތް ނުރައްކާތެރިކަން ވަނީ ވަރަށް ބޮޑުވެފަ އެވެ.

ބައެއް މީހުން ކުށްވެރިކުރަނީ ޖަންގަލިތައް ބެލެހެއްޓުމާބެހޭ ކަމާބެހޭ އިދާރާތަކެވެ. އެ އިދާރާތަކުން ރައްކާތެރިކަމުގެ ފިޔަވަޅު ނާޅަނީ ކަމަށް ތިމާވެށީގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެ އެވެ.

2020 ވަނަ އަހަރު ޕްރޮގްރެސް އިން ޑިޒާސްޓާ ސައިންސްގައި ޝާއިއުކުރި ކަރުދާހެއްގައި ހަތަރު ސައިންސްވެރިއަކު ލިޔެފައި ވަނީ ޖަންގަލިތައް ބެލެހެއްޓުމަށް ކެނެޑާއިން އެކަށީގެންވާ މިންވަރަށް ހަރަދު ނުކުރާ ކަމަށެވެ.

އެހެން ނަމަވެސް އެހެން ބައެއް ފަރާތްތަކުން ބުނާގޮތުން އެއީ ދުނިޔެ ހޫނުވުމުގެ ސަބަބުން ދިމާވާ ކަންކަމެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެމެރިކާއިން ކެނެޑާއަށް އެހީތެރިވުމަށް ފަޔާ ފައިޓަރުން ފޮނުވަމުންދާ ކަމަށް ވިދާޅުވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *