އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ވިންގަރ ރަފައެލް ލެއާއޯ މިލާނާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އައުކޮށްފިއެވެ.

އުމުރުން 23 އަހަރުގެ ލެއާއޯ މިލާނާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަންގެ ނިޔަލަށް ހަމަވާއިރު، އެ ޓީމުން މިވަނީ އަހަރެއް ކުރިން ލެއާއޯ ލައްވައި ނިއުކޮންޓްރެކްޓްގައި ސޮއި ކޮށްފައެވެ. އައު ކޮންޓްރެކްޓްގެ ދަށުން އޭނާ 2028 ވަނަ އަހަރުގެ ސީޒަން ނިމުމާއި ހިސާބަށް މިލާނުގައި މަޑު ކުރާނެއެވެ.

Ad
rt

ލެއާއޯ ޔޫތު ކެރިއަރ ފަށާފައި ވަނީ ޕޯޗުގަލްގެ ސްޕޯޓިންގ ލިސްބަން އިންނެވެ. އެއަށްފަހު އޭނާ ވަނީ ފްރާންސް ލީގުގެ ލިލްއަށް ކުޅެފައެވެ. ލިލްއިން މިލާނަށް އޭނާ ގެނައީ 2019 ވަނަ އަހަރުއެވެ.

ފާއިތުވި ހަތަރު ސީޒަންގައި ލެއާއޯ މިލާނުގައި ހޭދަކުރިއިރު އޭނާ ވަނީ 2011 ފަހުން މިލާނަށް މިދިޔަ ސީޒަންގައި އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށް، އެ ސީޒަންގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.

މި ސީޒަންގައި މިލާނުން އިޓާލިންއަން ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ކަށަވަރު ކުރުމާއި، އަދި މި ސީޒަންގައި ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް މިލާން ގެންގޮސް ދިނުމުގައި ވެސް ލެއާއޯގެ ހިއްސާ ބޮޑެވެ.