އެމްޑީޕީގެ ހަރުގެ އަތުލުން ފަސްކުރުމުގެ އަމުރެއް ކޯޓުން ނުދިން

mdp haruge

އެމްޑީޕީގެ ހަރުގެ އަތުލަން އެތަނުގެ ވެރިފަރާތުން ނިންމާފައިވާ ނިންމުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.

އެމްޑީޕީގެ މައި ހަރުގެ ހިންގާ އިމާރާތް ހުސްކުރަން އެތަނުގެ ވެރިފަރާތުން މިދިޔަ މަހު އެންގި މައްސަލަ އެ ޕާޓީން އޮތީ ކޯޓަށް ހުށަހަޅައިފަ އެވެ. އެމްޑީޕީން ދައުވާކުރަނީ އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެތަން ބޭނުން ކުރެވޭނެ ކަމަށް ބުނެ އެވެ.

ނަމަވެސް އެމްޑީޕީން ދާދިފަހުން ވަކިވި އިސް މެމްބަރުންތަކެއް އިސްވެ އުފައްދަން މަސައްކަތްކުރާ ދަ ޑިމޮކްރަޓްސް ޕާޓީން އިއްޔެ ވަނީ ހަރުގެ ހިންގާ ތަނަށް ވަދެ, އެތަން އަތުލައިފަ އެވެ.

އެމްޑީޕީން ސިވިލް ކޯޓުގައި އެދުނީ އެ މައްސަލަ ކޯޓުން ނިމެންދެން ހަރުގެ އަތުލުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

ކޯޓުން ނިންމި ނިންމުމުގައިވަނީ އެމްޑީޕީއަށް ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް މިވަގުތު ފެންނަން ނެތް ކަމަށެވެ. އެމްޑީޕީއަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށް ނުބެލެވޭ ކަމަށާއި އެހެންކަމުން އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމުމުގައިވެ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *