މާލެއިން ހުޅުމާލެއަށް ދިއުމަށް އޮންނަ ހައިވޭގައި ނުރައްކާތެރި އެކްސިޓެންޑެއް ހިނގައި މީހަކު ނިޔާވި ހިތާމަވެރި ހާދިސާ ހިނގީ ހުއްޓިފައި އޮތް ކާރެއް ނަގަން ގޮސް އޮތް ޕިކަޕެއްގައި ޖެހިގެންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ވިދާޅުވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ 27 މެއި 2023 ދުވަހުގެ ރޭ މެންދަމު 12:04 ހާއިރުއެވެ.
މިހާދިސާއާއިގުޅިގެން ފުލުހުން މިރޭ ޢާންމު ކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ހައިވޭ (ހަލިމަގު) ގައި ސައިކަލަކާއި ޕިކަޕެއްޖެހިގެން ހޮނިހިރު ދުވަހުގެ ރޭ މެންދަމު އެކްސިޑެންޓެއް ހިނގާފައި ވަނީ އެކްސިޑެންޓްވި ސައިކަލް ބާރު ސުޕީޑުގައި ގޮސް، އެ ސަރަހައްދަށް ހުއްޓިފައި އޮތް ކާރެއް ނެގުމުގެ މަސައްކަތުގައި އޮތް ފުލުހުންގެ ޕިކަޕެއްގެ ފަހަތުގައި ޖެހިގެން ކަމަށެވެ.
ފުލުހުންގެ ޕިކަޕެއް އެތާނގައި މަޑުކޮށްގެން އޮތީ ހައިވޭ މަގުން މާލެއިން ހުޅުމާލެއަށް ދާ ފަޅީގައި އެމަގުން ދުއްވާ ވެހިކަލްތަކަށް ދަތިވާގޮތައް ކާރެއް ހުއްޓިފައި އޮތުމުން، އެ މަގުން ދުއްވާ އެހެން ވެހިކަލްތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެ ކާރު ނެގުމުގެ މަސައްކަތަށް ކަމަށް ފުލުހުން ވިދާޅުވެފަވެއެވެ.
ހައިވޭގައި ނުރައްކާތެރި އެކްސިޓެންޑެއް ހިނގައި ދިވެއްސަކު ނިޔާވެއްޖެ
އެކްސިޑެންޓް ހިނގީ އެ މަސައްކަތުގައި ފުލުހުންގެ ޕިކަޕްގައި އޮއްވައި އެކްސިޑެންޓްވި ސައިކަލް ބާރު ސްޕީޑްގައި ގޮސް ޕިކަޕްގެ ފަހަތުގައި ޖެހިގެން ކަމަށާއި، އަދި އެ ސައިކަލް ދުއްވާފައި ވަނީ ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް ހާއްސަކޮށްފައިވާ ލޭނުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
''ހުއްޓިފައި އޮތް ކާރު ނެގުމަށް ޕިކަޕު މަޑުކޮށްގެން އޮތީ ވެހިކަލް މަޑުކޮށްފައި އޮތްކަން އަންގައިދޭ ހަތަރު ސިގުނަލް ޖައްސައިގެންނެވެ،" ފުލުހުންގެ ބަޔާނުގައި ވިދާޅުވެފަވެއެވެ.
މި ބަޔާނުގައި ފުލުހުން ވަނީ އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް އުޅަނދު ނުދުއްވުމަށާއި މަގުމަތީގައި ބަހައްޓާފައިވާ ނިޝާންތަކާ އެއްގޮތަށް އުޅަނދު ދުއްވުމަށް އިލްތިމާސްކުރައްވާފައެވެ.
މި އެކްސިޑެންގައި ނިޔާވެފައި ވަނީ ގ. އާވާޒް، ހަސަން ފައިސަލް (43އ)އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!