އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ކަސްޓަމަރުންނަށް ހާއްސަކޮށް ސުޕަނެޓް ގޭމާ ޕެކްތަކެއް ތައާރަފުކޮށްފި އެވެ.

މި ގޭމާ ޕެކަކީ ގޭމް ކުޅުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ކަމުދާނެ ފުރިހަމަ ޑޭޓާ ޕެކެކެވެ. އެގޮތުން، ސުޕަނެޓް ގޭމާ ޕެކުން ޑޭޓާ ނެގުމަށް ދެ އޮޕްޝަނެއް އުރީދޫއިން ދެއެވެ. އެއީ:

Ad
rt

* 50 ރުފިޔާގެ ޕެކް - އެއް ދުވަހަށް 50 ޖީބީ ޑޭޓާ

* 100 ރުފިޔާގެ ޕެކް - ތިން ދުވަހަށް 100 ޖީބީ ޑޭޓާ

މި ގޭމާ ޕެކާއެކު، ގޭމްތަކާއި ގޭމިން ތަޖުރިބާ އިތުރުކޮށްދޭ ސޮފްޓްވެއާ އަޕްޑޭޓް ކުރާއިރު ޑިސްކަނެކްޝަނެއް މެދުވެރިވެދާނެތީ ކަންބޮޑުވާން ނުޖެހޭނެ ކަމަށް އުރީދޫން ބުންޏެވެ. އެގޮތުން، މި ޕެކަކީ ގޭމް ކުޅުމަށާއި ލައިވް ސްޓްރީމްކޮށް އަދި ގޭމް އަޕްޑޭޓްކޮށް ސޮފްޓްވެއާ އަޕްޑޭޓް ކުރާ ފަރާތްތަކަށް ވަރަށް ރަނގަޅު ޕެކަކަށް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ހާއްސަ ބޭނުންތައް ދެނެގަތުމަށެވެ. އެހެންކަމުން މި ޕެކަކީ ގޭމަރުންގެ ޑިމާންޑާ އެއްގޮތަށް ފަރުމާކޮށްފައިވާ ޕެކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ގޭމް ކުޅޭ މީހުންނަކީ އުރީދޫގެ ކަސްޓަމަ ބޭސްގެ ވަރަށް ބޮޑު ހިއްސާއެއްކަން ފާހަގަކޮށް އުރީދޫން ބުނީ ގޭމަރުންނަށް ސީމްލެސް ކަނެކްޓިވިޓީ އާއި އެކަށީގެންވާ މިންވަރަށް ޑޭޓާ ލިއްބައިދިނުމަކީ ކިހާ މުހިންމު ކަމެއް ކަން ވަޒަން ކުރެވޭ ކަމަށެވެ.

މުޅި ރާއްޖެއަށް 4ޖީ ޕްލަސްގެ ސައްތައިންސައްތަ ކަވަރޭޖަކާއި މާލެ ސަރަހައްދު ކަވަރު ކުރާ 5ޖީ ނެޓްވޯކާއެކު، ގޭމަރުންނަށް އުރީދޫ ނެޓްވޯކުން ލެގް ފްރީ އަލްޓިމޭޓް ގޭމިން އެކްސްޕީރިއަންސެއް މިހާރު ލިބިގެންދާނެ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

ސުޕަނެޓް ގޭމާ ޕެކް އެކްޓިވޭޓް ore.do/gamer100 އިން އެކްޓިވޭޓް ކުރެވޭނެއެވެ.