ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމުން އަފްޝަން ލަތީފު އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް މައުލޫމަތު ލިބިއްޖެއެވެ.
އޭނާ ވިދާޅުވީ އިސްތިއުފާގެ ސިޓީ ފޮނުވާފައިވާ ކަމަށާއި ވަޒީފާއަށް ނުކުންނަވާ އެންމެފަހު ދުވަހަކީ މި މޭ މަހުގެ 18 ވާ ބުރާސްފަތި ދުވަސް ކަމަށެވެ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުގެ އަނބިކަނބަލުން، އެ މަގާމުން އިސްތިއުފާ ދެއްވާ ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ އާއިލާއަށް ވަގުުތު ދިނުމެވެ.
ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭގެ ސީއީއޯއަކަށް އަފްޝަން އައްޔަން ކުރެއްވީ، 2020 ވަނަ އަހަރުއެވެ.
އެސްޓީއޯގެ އެމްޑީގެ މަގާމުން އަމްރު ވަކިކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދުކޮށް، ފިކުރެއްގެ ދިރުމުގެ އިސްކޮށް ހަރަކާތްތެރިވަމުންދަނިކޮށެވެ. އަދި އަފްޝަން އަކީ ވެސް ފިކުރެއްގެ ދިރުމަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.
އެމްޑީޕީގެ ރިޔާސީ ރައިމަރީގައި އަފްޝަން އާއި އަމްރު ވެސް ތާއީދު ކުރެއްވީ ރައީސް ނަޝީދަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!