ނަޝީދު އިސްވެ އުފައްދަވާ ޕާޓީގެ ތަރުޖަމާނަކަށް އަފްޝަން
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީގެ ތަރުޖަމާނަކަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފު ހަމަޖައްސަވައިފި އެވެ. އަފްޝަން އެ މަގާމަށް ހަމަޖެއްސިކަން ހާމަކުރައްވާފައިވަނީ ނަޝީދުގެ ”ފިކުރެއްގެ ދިރުން” ޓީމުގެ އިސް މެންބަރެއް ކަމަށްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފެވެ. އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން ބެލި މައްސަލައ...