މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތް ރޭ އިފްތިތާހްކޮށްފިއެވެ.
އެކަމަށް ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ރޭ ބޭއްވި ރަސްމިއްޔާތު ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ މާލެ ސިޓީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވާގޮތުގައި ރޭގެ ހަފްލާގައި ވަނީ އެ ކައުންސިލުން އަލަށް އުފެއްދި ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގައި ކޮމިއުނިޓީ އެންގޭޖްމަންޓް އޮފިސަރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ސުޕަވައިޒަރުންނާޢި އޮފިސަރުންނަށް ވަނީ ލިޔުން ހަވާލުކޮށްފައެވެ.
މާލޭގައި "ކޮމިއުނިޓީ އެންގޭޖްމަންޓް އޮފިސާސް" ބޭތިއްބުމަކީ މާލެ ސިޓީ ކައުންސިލުން އެ ކައުންސިލްގެ މިހިނގާ ދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެކެވެ. މާލެސީޓީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މި މަޝްރޫޢުގެ މަޤްޞަދަކީ މާލެސިޓީގެ މަގުތަކާ ގުޅޭ ހުރިހާ މައްސަލަތަކެއް ހައްލުކުރުމެވެ.
''އަޅުގަނޑުމެން ބޭނުން މާލެ ސިޓީ އަކީ މާލެސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ނުކުމެ އަބަދުވެސް މަގުމަތި ބަލަހައްޓާ ޓްފެރިކްގެ ކަންކަން ވިޔަސް ޕާކިން ވިޔަސް ކުނީގެ މައްސަލަ ވިޔަސް އަދި ނުގަވާއިދުން ޕޭވްމެންޓް މަތީގައި ބަހައްޓާފައި ހުންނަ ތަކެތީގެ މައްސަލަވިޔަސް ރައްކާތެރިނޫން ގޮތަކަށް އިމާރާތެއްގެ މަސައްކަތް ކުރުން ކަމަށްވިޔަސް މަގުމައްޗަށް ހުންނަ ހުރިހާ މައްސަލައެއް ބަލާނެ ޓީމެއް އުޅެންވާނެ. މިހެން ބެލެހެއްޓީމަ މަގުމަތީގެ މައްސަލަތައް ހައްލުކުރުމަށް އެބަ އެޅޭ މުހިންމު ފިޔަވަޅެއް.'' މިކަމާގުޅޭ މައުލޫމާތު ދެއްވުމަށް މެއި 4 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ވިދާޅުވެފަވެއެވެ.
މާލެ ސިޓީ ކައުންސިލުން ކުރިން ނިންމާފައިވާ ގޮތަށް މި މަސައްކަތް މިއަދުން ފެށިގެން ކުރިއަށް ގެންދާއިރު، މަގުފާރަވެރިން މާލޭގެ މަގުތަކުގައި ރަކާތްތެރިވާނީ އެކަމަށް ޚާއްސަ ޔުނީފޯމެއް އަޅައިގެންނެވެ. މާލޭގެ މަގުފާރަވެރިން މަގުތަކުގައި ހަރަކާތްތެރިވާނީ ދެ ޝިފްޓަކަށް ބަހާލައިގެންނެވެ. އެމީހުން ރޭގަނޑު 12 އިން 8 އަށް ފިޔަވާ ހުރިހާ ވަގުތެއްގައި މަގުތަކުގައި ޑިއުޓީ ކުރާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެފަވެއެވެ.
މު މުވައްޒަފުންގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ހިމެނެނީ މަގުމަތީގައި ކުނި ބަހައްޓާތޯ ބެލުމާއި، ޕެލެޓް ބެހެއްޓުމާގުޅޭ މައްސަލަތައް ބެލުމާއި، މުދަލާއި ތަކެތި މަގުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާތޯ ބެލުމާއި، ޕާކް ކުރުމުގެ މައްސަލަތަކާއި، ޓްރެފިކް (ބާރުބޮޑު ވަގުތުތަކުގައި މަގުތައް ތޮއްޖެހުމުގެ މައްސަލަތައް ހައްލުކުރުން) އާއި، އިމާރާތް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަ ބެލެހެއްޓުމާއި އަދި ހިނގާ މީހުންގެ ބޮލަށް ގޭގެއިން ފެން ފޭބުން ހައްލުކުރުމެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު މި މަސައްކަތް ފަށާފައިވާއިރު، އެ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް އޮފިސަރުންގެ ގޮތުގައި 78 މުވައްޒަފުން ހަރަކާތްތެރިވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!