ހދ. ފިނޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މޭކަޕްކުރަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޖުމްލަ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯސް ފެށުމަށް ނިންމާފައި ވަނީ މި ހިނގާ މެއި މަހުގެ ތެރޭގައެވެ. މި ކޯހުގައި ކޮންމެ ބައިވެރިއެއްގެ އަތުން 500 (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައިވާއިރު، ކޯސް ކުރިއަށް ގެންދަން ނިންމާފައިވަނީ އެންމެ މަދުވެގެން ދިހަ ބައިވެރިން ހަމަވާ ނަމައެވެ.

Ad
rt

މި ކޯހުގައި ގިނަ ވައްތަރުތަކެއްގެ މޭކަޕްތައް ދަސްކޮށްދޭނެއެވެ. ދަސްކޮށްދޭ ވައްތަރުތަކުގެ ތެރޭގައި ބްރައިޑަލް މޭކަޕް، ޕާޓީ މޭކަޕް، އޮކޭޝަނަލް މޭކަޕް ފަދަ މޭކަޕްތައް ހިމެނެއެވެ.

މި ކޯހުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 7 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ބައިވެރިވާން ބޭނުންވާ ފަރާތުގެ ނަމާއި، އައިޑީ ކާޑު ނަންބަރާއި އެޑްރެސް އަދި ފޯން ނަންބަރު، ފިނޭ ޑަބްލިއުޑީސީގެ ނައިބް ރައީސާ، ޝަކީބާ ޢަލީ (9918099) އަށް އެސްއެމްއެސް ކުރުމަށް އެ ކޮމެޓީން އެދިލައްވައެވެ.