ޕެރަ އެތުލެޓިކްސް އިން މާޒިން، ރާއްޖެއަށް ރަންމެޑަލް ހޯދައިދީފިއެވެ.
އޭނާ ރަން މެޑަލް ހޯދާފައިވަނީ އިންޑިޔާގެ ބެންގަލޫރުގައި މިހާރުކުރިއަށްދާ 5 ވަނަ އިންޑިއަން އޯޕަން އިންޓަރނޭޝަނަލް ޕެރައެތުލެޓިކްސް ޗެމްޕިއަންޝިޕް 2023 މުބާރާތުގައި ޓީ 11 ގެ ކެޓަގަރީން 100 މީޓަރގެ ދުވުމުން ނެވެ.
މިއީ މި މެއި މަހުގެ 4 ން 7 ގެ ނިޔަލަށް ކުރިޔަށް ދާ މުބާރާތެކެވެ.
އިންޓަރނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީގެ ގްރާންޓް ދަށުން ބައިވެރިވި މިމުބާރާތުގައި 12 ޤައުމަކުން ވާދަކުރެއެވެ.
ރީޖަނަލް ސްޕޯރޓްސް ޓްރެއިނިންގ އާއެކު ކުރިއަށް ގެންދާ މިމުބާރާތުގައި ރާއްޖޭން ޕެރަ އެތުލެޓިކްސް ކުޅުންތެރިއަކު، ޕެރަ އެތުލެޓިކްސް ކޯޗަކު، ޕެރަ އެތުލެޓިކްސް ޓެކްނިކަލް އޮފިޝަލެއްގެ އިތުރުން ޕެރަ ބެޑްމިންޓަން ކްލެސިފަޔަރަކު ތަމްރީނު ކުރެވިފައިވެއެވެ.
މިއީ ރާއްޖޭގެ ޕެރަ އެތުލެޓިކްސް އިން ހޯދުނު 3 ވަނަ ރަންމެޑެލެވެ. މީގެ ކުރިން އެމެރިކާގައި 2022 ވަނަ އަހަރު ބޭއްވުނު ޕޭން އެމިކަންގޭމްސްގައި ވާދަކޮށް ރާއްޖޭންވަނީ 2 ގޯލްޑް މެޑަލް ހޯދާފައެވެ.
އެހެންނަމަވެސް މުޙައްމަދު މާޒިން މިހޯދި ރަން މެޑަލްއަކީ ގްރޭންޕްރީ ލެވަލްގެ ބައިނަލްއަޤްއާމީ، ވޯލްޑް ޕެރަ އެތުލެޓިކްސް ފެޑެރޭޝަނުން ސަންކްޝަން ކުރާ މުބާތެއްގައި ހޯދުނު ފުރަތަމަ ރަންމެޑެލްއެވެ.
މާޒިންނާއި އެކު ގައިޑްރަނަރ އެއްގެ ގޮތުގައި ދުވެފައިވަނީ ހުސެއިން ޝިފާޒެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!