ސްވިމާސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ އެ އެސޯސިއޭޝަނުން ކުރިއަށް ގެންދާ ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިކަމަށް ކަނޑައެޅިފައިވާ އޮންލައިން ފޯރމް ފުރިހަމަކުރުމަށްފަހު، ސަބްމިޓް ކުރުމަށް ވަނީ އެދިފައެވެ.
އެ އެސޯސިއޭޝަނުން ބުނީ މި ޕްރޮގްރާމްގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހެނދުނު 06:00 ން 07:00 އަށް އަދި މެންދުރު ފަހު 2 ން ހަވީރު 3 ޖަހަންދެން ކަމަށެވެ. އަދި ތިނަކުން ހަތަރަކަށް ކަމަށެވެ.
މަހަކު 350.00 ރުފިޔާ ދައްކައިގެން ބައިވެރިވެވޭ މި ޕްރޮގްރާމުގައި އުމުރުން 6 އަހަރާއި 14 އަހަރާއި ދެމެދުގެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭނެ ކަމަށާއި ރަނގަޅަށް ފްރަންޓް ކްރޯލް (ފްރީ ސްޓީލް) 25 މީޓަރަށް ފަތަން އިނގޭ ފެތުންތެރިއެއް ކަމުގައިވާން ޖެހޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
ސްވިމާސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ފެތުންތެރިން ނެގުމަށް ހަމަޖެހިފައިވަނީ ފެތުންތެރިން ޓެސްޓްކުރުމަށް ފަހުގައި ކަމަށާއި އޮންލައިން ފޯމް ފުރިހަމަ ކުރުމުން، ޓެސްޓް އޮންނާނެ ދުވަހާއި ގަޑި، އެފެތުންތެރިއަކަށް އަންގާނެ ކަމަށް ބުނެއެވެ. އަދި ސްވިމިންގ ޓެސްޓުން ފާސްވާކުދިންގެ ތެރެއިން، ސްވިމާސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް، ޖާގަ އޮތްވަރަކުން ފުރުޞަތު ދޭނެ ކަމަށް ވެސް ބުނެއެވެ.
- އެޕްލިކޭޝަން ފޯރމް: ލިންކް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!