ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ބަޔަކު ދިން ހަމަލާ ދިވެހި ރައްޔިތުންގެ ޕާޓީ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރިކޮށްފިއެވެ.

ޒަރީރަކީ އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރެކެވެ.

Ad
rt

ޒަރީރަށް ބަޔަކު ދިން ހަމަލާ ކުށްވެރިކޮށް އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، މެންބަރު ޒަރީރަށް އަމާޒުކޮށް ބަޔަކު ދިން ހަމަލާ ދިވެހިރައްޔިތުންގެ އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

''ޒަރީރުއަށް ދިން މި ހަމަލާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކޮށް މި ނުރައްކާތެރި ކުށްކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ގޮވާލަމެވެ.'' އެމްޑީޕީން ބުނެފަވެއެވެ.

ޒަރީރަށް ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ ހޯމަދުވަހުގެ ފަތިހުގެ ވަގުތެއްގައި ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށެވެ. އަދި ޒަރީރަށް ހަމަލާ ދީފައި ވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވޭ އެއްޗަކުންނެވެ.

މި ހަމަލާއާއިގުޅިގެން މެންބަރު ޒަރީރަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.